https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ރައީސް މައުމޫންގެ ވަރުގަދަ ރައްދެއް އިޔާޟް އަށް ދީފި

  • Writer: Goal mv
    Goal mv
  • Jun 26, 2021
  • 1 min read


އިސްލާމްދީނުގައި ކަމެއް އޮތްކަމަށް ބުނެވޭނީ ސައްހަ ޝަރްޢީ ދަލީލަކުން އެކަން ސާބިތުވާން އޮތިއްޔާކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް، ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފަށް ރައްދު ދެއްވައިފިއެވެ.


އަންހެންކުދިން ޚިތާނުކުުރުމާއި ގުޅޭގޮތުން ރައީސް މައުމޫން މިއަދު ވިދާޅުވެފައިވަނީ، އިސްލާމްދީނުގައި ޚިތާނުކުރުން ޝަރްޢު ކުރައްވައިފައިވަނީ ހަމައެކަނި ފިރިހެން ކުދިންނަށް ކަމަށާއި, އަންހެންކުދިން ޚިތާނު ކުރުމެއް ނޯންނަ ކަމަށެވެ. އަދި ޚިތާނުކުރުމުގެ ނަމުގައި އަންހެން ކުދިންގެ ޖިންސީ ގުނަވަނަށް ގެއްލުން ދިނުމަކީ ލާއިސްލާމީ ނާތަހުޒީބީ ޢަމަލެއްކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.


”މި ދެންނެވީ އަޅުގަނޑުގެ އަމިއްލަ ރައުޔެއްނޫން. މިޞުރުގެ ފަތުވާ އިދާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންހެނުން ޚިތާނުކުރުމަކީ ދީނުގައި ކަނޑައެޅިގެން ހަރާމްކުރައްވައިފައިވާ ކަމެއްކަމުގައި.“ ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ. ރައީސް މައުމޫންގެ ވާހަކައާއި ގުޅިގެން ޑރ.އިޔާޟް ވިދާޅުވީ މަތިވެރި ރައްބު ޝަރްޢު ކުރައްވައިފައިވާކަމެއް، އެއީ ނެތް ކަމެއްކަމުގައި ބުނުމުގެ އިޚްތިޔާރު އެއްވެސް މަޚްލޫގަކަށް ލިބިގެން ނުވާ ކަމަށެވެ. ”އަންހެން ކުދިން ޚިތާނުކުރުމަކީ ދީނުގައި ނެތްކަމެއްކަމަށް ބުނުމަކީ ދޮގެއް. އެއީ އޮތްކަމެއް. ނަމަވެސް ވާޖިބެއް ނޫން. އަންހެން ކުދިން ޚިތާނުކުރުމާއި އެފްޖީއެމް އާއި ތަފާާތު.“ ޑރ.އިޔާޟް ވިދާޅުވިއެވެ. މި ގޮތުން ރައީސް މައުމޫން މިރޭ ވިދާޅުވީ އިސްލާމްދީނުގައި ކަމެއް އޮތްކަމަށް ބުނެވޭނީ ސައްހަ ޝަރްޢީ ދަލީލަކުން އެކަން ސާބިތުވާން އޮތިއްޔާ ކަމަށެވެ. ”އަންހެންކުދިން ޚިތާނުކުރުން ހުއްދަކުރާ އެފަދަ ދަލީލެއް ކީރިތި ޤުރްއާނުގައި ވެސް ޞައްޙަ ޙަދީސެއްގައި ވެސް ނެތްކަމަށް މަޝްހޫރު ޢިލްމުވެރިޔާ އިބްނުލްމުންޒިރު ވިދާޅުވެފައިވޭ.“ ރައީސް މައުމޫން މިރޭ ވިދާޅުވިއެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވާ އަންހެނުން ޚިތާނުކުރުމަކީ ”ފީމޭލް ޖެނިޓަލް މިއުޓިލޭޝަން“(އެފްޖީއެމް) އެއް ނޫނެވެ.

ހަމައެހެންމެ އެފްޖީއެމްއަކީ ފިރުޢައުނީ ޚިތާނުކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. ފިރުޢައުނީ ޚިތާނަކީ ކްލިޓޮރިސް އާއި، ލެއިބިއާ މައިނޯރާ ކަނޑައިލުން ނުވަތަ ބޭރަށްވާ ބައި އެއްކޮށް ކަނޑައިލުމެވެ. ހަމައެހެންމެ ލެއިބިއާ މެޖޯރާގެ ބޮޑުބައި ކަނޑައިލުމާއި، ކުޑަކަމުދިއުމަށާއި ޙައިޟުގެ ލޭ ބޭރުކުރުމަށް ކުޑަ ތަންކޮޅެއް ދޫކޮށްލައިފައި، ދެން ހުރި ބައިތައް އެއްކޮށް ފެހުމެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page