ރާއްޖެ އިންޑިޔާ ބަޔަކު ވަގު ވައުޗަރުތަކެއް ހިފައިގެން އެތެރެވާން މަސައްކަތްކޮށްފި
- ޙުސައިން އަޙުމަދު

- Jul 17, 2021
- 1 min read

ރާއްޖެއަށް ވަގު ވައުޗަރުތަކެއް ހިފައިގެން އެތެރެވުމަށް މަސައްކަތް ކުރި އިންޑިޔާގެ 200 އަށްވުރެ ގިނަ މީހުން އަނބުރާ ޤައުމަށް ފޮނުވައިލައިފިއެވެ.
ވަގު ވައުޗަރުތަކެއް ހިފައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތް ކުރި 248 އަށްވުރެ ގިނަ މީހުން އަނބުރާ ޤައުމަށް ފޮނުވައިލައިފައިވާ ކަމަށް އެ މީހުން ފޮނުވައިލީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ގޯ އެއަރގެ 2 ފުލައިޓުން ކަމަށް މޯލްޑިވްސް އިމިގުރޭޝަނުން މަޢުލޫމާތުދެއެވެ.

އިމިގުރޭޝަނުގެ ކޮންޓްރޯލަރު މުޙައްމަދު އަޙްމަދު ޙުސައިން (ހަނަފީ) ވަނީ، ވަގު ވައުޗަރުތައް ހިފައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި މީހުން ދެނެގަނެވުނީ އިމިގުރޭޝަނުގެ އޮފިސަރުންގެ ހުޝިޔާރުކަމުންކަން ފާހަގަކުރައްވައި، އެ މީހުންގެ މަސައްކަތަށް ސާބަސް ދެއްވިއެވެ.
އެ މީހުން ރާއްޖެ އެތެރެވާން މަސައްކަތް ކުރީ، ބަޔަކު އެ މީހުންނަށް އޮޅުވައިލުމުން ކަމަށާއި ނަމަވެސް އެ މީހުންނަށް އޮޅުވައިލީ ރާއްޖޭގައި ހުންނަ އެޖެންޓެއް ނުވަތަ އިންޑިޔާގައި ހުންނަ އެޖެންޓެއްކަމެއް ސާފެއް ނުވާކަމެށެވެ.








Comments