ރައްޔިތުން މަޖިލީސް ދޮރުމަތީގައި ޖާބިރު އިޙްތިޖާޖުކުރަންފަށައިފި
- ޙުސައިން އަޙުމަދު

- Aug 3, 2021
- 1 min read

ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު ރައްޔިތުން މަޖިލީހުގެ ދޮރުމަތީގައި އިންނަވައިގެން މިއަދު އިޙްތިޖާޖުކޮށްފިއެވެ.
ދައުރުވަމުން އަންނަ ވީޑއޯއިން ފެނިގެންދާ ގޮތުގައި މި އިޙްތިޖާޖުގައި އިތުރު މީހަކު ބައިވެރިއެއް ނުވެއެވެ.
ފެނިގެންދަނީ މަޖިލީހުގެ ދޮރުމަތީގައި އިށީނދެވަޑައިގެންނާއި އޮށޯވެ އޮންނަވައި ޖާބިރު އަޑުއުފުއްލަވަމުން ގެންދަވާ މަންޒަރެވެ.
އެއީ ޤާނޫނުއަސާސީގެތެރެއިން ކޮންމެ ރައްޔިތަކަށް ލިބިފައިވާ ޙައްޤާއެކު ކުރައްވަމުން ގެންދަވާ އިޙްތިޖާޖެއްކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު މިހާރުވަނީ އެ ސަރަހައްދު ދޫކުރައްވައި ވަޑައިގެންފައެވެ.








Comments