ރައްޔިތުންގެ މަސްލަހަތާއި ކުޅެން އުޅުމުން ދެން ފެންނާނީ ބައެއްގެ ހުޅުނބު ދާ މަންޒަރު- އަލްހާން
- މާހިރު މުޙައްމަދު
- Jul 12, 2021
- 1 min read

އެމްޑީޕީން މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ސައިޒުކުރަން ހިފާލައިފިކަމަށް، އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ މިއަދު ވިދާޅުވެއްޖެއެވެ.
އަލްހާން މިހެން ވިދާޅުވެފައި މިވަނީ، އެމްޑީޕީގެ ބައެއް މެންބަރުން ރައީސް ޞާލިޙްގެ އިސްތިއުފާއަށް ގޮވައި، އެ މަނިކުފާނަށް އެއްޗެތި ގޮވައިފައިވާ ދަނޑިވަޅެއްގައެވެ.
އަލްހާން ވިދާޅުވީ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދާއި، އެ މަނިކުފާނުގެ އައުވާނުން ފާޅުގައި, ޕާޓީގެ ސަރުކާރާ ދިމާކޮށްލައިފި ކަމަށެވެ.
”ޕާޓީން ރައީސުލްޖުމްހޫރިއްޔާ، ސައިޒުކުރަން ހިފާލައިފި“ އަލްހާން ވިދާޅުވިއެވެ.
އަލްހާން ވިދާޅުވީ ދެން ފެނިގެން ދާނީ ދައުލަތުގެ ބާރުވެރިކަމާއި، ރައްޔިތުންގެ މަތީ މަސްލަހަތާއި ކުޅެން އުޅުމުން، ބައެއްގެ ހުޅުނބު ދާ މަންޒަރު ކަމަށެވެ.








Comments