ރައީސް ޔާމީންގެ މާދަމާ ހެނދުނު ކޯޓަށް ހާޒިރުކުރަނީ
- މާހިރު މުޙައްމަދު
- Aug 21, 2021
- 1 min read

ކުރީގެ ރައީސް ޢްބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާގެ އަޑުއެހުމެއް މާދަމާ އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ބާއްވާ އެ ޝަރީއަތުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި ވަނީ މާދަމާ ހެނދުނު 9:00 ޖަހާއިރަަަށެވެ.
ރައީސް ޔާމީން ކުރިން ވަނީ ދައުލަތުން ކުރާ ދައުވާތަކަށް އިންކާރު ކުރައްވައިފަ އެވެ.
އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި 2 ފަރާތުން ވެސް ވަނީ ހެކި ހުށަހަޅައިފަ އެވެ. އެ އަޑުއެހުން ނިންމަވައިލެއްވުމުގެ ކުރިން، މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލު ވަނީ ޝަރީއަތުގެ ކުރިން ހުށަަހަޅާ ހުށަހެޅުންތައް ހުށަހަޅަން 10 ދުވަހުގެ މުއްދަތެއް ދެއްވައިފައެވެ.
މިއީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުވައިގެން ދައުވާ އުފުލާފައިވާ 2 ވަނަ މައްސަލަކަން ފާހަގަކުރަމެވެ.








Comments