https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ރައީސް ޔާމީން ޖަލަށްލުމަށް، ނަޖީބު އަޅުގަނޑު ގާތުގައި އެދިފައިވޭ- ހައިލަމް

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Sep 5, 2021
  • 1 min read

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޖަލަށްލުމަށް، ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު ޙަސަން ނަޖީބު އެދިވަޑައިގެންނެވި ކަމަށް، ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު އަޙްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.


އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމަށް އުފުލި މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާގެ ޝަރީޢަތް ފުރަތަމަ ބެއްލެވީ ހައިލަމެވެ. ނަމަވެސް 2019 ވަނަ އަހަރުގެ ނަޞްރުގެ ދުވަހާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ވައިބާ ގުރޫޕަކަށް ހައިލަމް ފޮނުއްވި ފޮޓޯއަކާއި ގުޅިގެން އޭނާ ސަސްޕެންޑް ކުރީ، ރައީސް ޔާމީންގެ މައްސަލައިގެ ހުކުމްކުރުން 2019 ވަނަ އަހަރުގެ ނޮވެމްބަރު 5 ވަނަ ދުވަހަށް ތާވަލުކުރެވިފައިވަނިކޮށެވެ.


ކުރީގެ ބައެއް ފަނޑިޔާރުންނާއި، ވަކީލުން ގުޅިގެން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަޖީބްވަނީ ހައިލަމާ ގުޅިގެން ވާހަކަތަކެއް ދައްކަވާފައެވެ.

”އަޅުގަނޑާ އަޙްމަދު ހައިލަމާ ދެކެވޭ ވާހަކަތައް އަޅުގަނޑު ހަނދުމަ ނުނެތޭ. އެއްދުވަހެއްގައި އަޅުގަނޑުގެ ކޮޓަރީގައި އަޅުގަނޑު އިންދާ ހައިލަމް އަޅުގަނޑުގެ ކޮޓަރިއަށް ވެންނެވި. އޭރު ރައީސް ޔާމިންގެ މައްސަލަ ބައްލަވަނީ ހައިލަމް. އަޅުގަނޑު ދެންނެވިން ހައިލަމް އަރިހުގައި ހައިލަމްއޭ، ސްޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމަށް ހުސްނުއްސުޢޫދު ހަމަޖެހޭކަމުގެ ޚަބަރު އެބަ އިވެއޭ.“ ނަޖީބު ވިދާޅުވިއެވެ.


ނަޖީބު ވިދާޅުވީ މި ވާހަކަތައް މި ދައްކަވަނީ ތެދަށް ކަމަށާއި، އެއްވެސް ފަރާތަކަށް ޖެހިލުމެއްނެތި، ބިރެއްނެތި، ސިޔާސީ މަންފާއެއް އަދި އަމިއްލަ ފައިދާއެއްނެތި ކަމަށެވެ. އަދި މި ވާހަކަ މި ދައްކަވަނީ މުޖުތަމަޢު މި ވާހަކައަށް މިއަދު ބޭނުންވާނެތީކަމަށެވެ.


”މިއަދު އަޅުގަނޑުމެން މި ވާހަކަ ނުދައްކައިފިއްޔާ މި ބަހުގެ، މި ހެކީގެ ބޭނުމެއް ނޯންނާނެ. ހައިލަމް ވަގުތުން ގުޅީ ރައީސް އޮފީހުގެ މިނިސްޓަރު ޢަލީ ޒާހިރަށް. ޢަލީ ޒާހިރަށް ގުޅާފައި އެއް މިނެޓު ނުވަނީސް، ޢަލީ ޒާހިރު އަނެއްކާ ހައިލަމަށް ގުޅުއްވަނީ. ހައިލަމަށް ގުޅުއްވީމަ، ހައިލަމް އޭނާގެ ފޯނު ސްޕީކަރަށް ލެއްވި. ސްޕީކަރަށް ލައްވާފައި އަޅުގަނޑަށް އަޑު އިއްވަނީ، ޢަލީ ޒާހިރު ގާތުގައި ހައިލަމް މި ދަންނަވަނީ, ޢަލީ ޒާހިރާ ދިމާއަށް ހައިލަމް މި ދަންނަަވަނީ އަލިޕީއޭ ބުނީ. އަޅުގަނޑަކަށް ނޭނގެ އަލިޕީއޭ ބުނުމުން ވެސް. އަލިޕީއޭ ކޮން ވާހަކައެއްހޭ މި ދެއްކެނީ. ދެން އެ ކޮޅުން ވާހަކަދެއްކެވީ ޢަލީ ޒާހިރު. ޢަލީ ޒާހިރު ވިދާޅުވީ ކިހިނެއްވީތޯއޭ. ބުނީމަ ބުނީ ހުސްނުއްސުޢޫދު ސްޕްރީމް ކޯޓަށް އެބަ އައްޔަންކުރޭ ނޫންހޭ. ލާހިކެއްނޫނޭ ތިމަންނަގެ ފަރާތުން އެއްވެސްކަމެއް ވާކަށް.“ ނަޖީބް ވިދާޅުވިއެވެ.


ނަޖީބްގެ ވާހަކަތަކަށް ރައްދުދެއްވައި ހައިލަމް މިރޭ ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީޢަތާމެދު ކަންބޮޑުވެވަޑައިގަންނަވާކަން ދެއްކެވުމުގެ ގޮތުން ނަޖީބް، އޭނާއާއި ބެހޭގޮތުން ދެއްކެވީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި، އެކަން ކުށްވެރިކުރައްވާ ކަމަށެވެ.

”ނަޖީބަކީ ވަޒީފާގެ ކަށަވަރުކަމަށްޓަކައި އެމްޑީޕީއާ ގުޅިގެން ރ.ޔާމީން ޖަލަށްލުމަށް އަޅުގަނޑު ގާތު އެދުނު ބޭފުޅެއް“ ހައިލަމް ވިދާޅުވިއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page