ރައީސް ޔާމިންގެ ޙުކުމް އިސްތިއުނާފު ކުރުން ސެޕްޓެމްބަރު މަހަށް ތާވަލްކޮށްފި
- މާހިރު މުޙައްމަދު
- Aug 16, 2021
- 1 min read

ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމްްްގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ހުކުމްގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުން އަންނަ ސެޕްޓެންބަރު މަހަށް ސްޕްރީމް ކޯޓުގައި ތާވަލްކޮށްފިއެވެ.
ސްޕްރީމް ކޯޓުން މިއަދު ބުނީ ރައީސް ޔާމިންގެ މައްސަލައިގައި އިސްތިއުނާފު އަޑުއެހުމެއް އަންނަ މަހުގެ 13 ވަނަ ދުވަހުގެ 09:00 އަށް ތާވަލްކޮށްފައިވާ ކަމަށެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ނިންމައި، ރައީސް ޔާމިން ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެންބަރު 28 ވަނަ ދުވަހުގައެވެ. ރައީސް ޔާމިންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި މި ހުކުމާމެދު ހިތްހަމަނުޖެހުމުން ރައީސް ޔާމިންގެ ޤާނޫނީ ވަކީލުންގެ ޓީމުން ޙުކުމް ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.
ނަމަވެސް ކްރިމިނަލް ކޯޓުން ކުރި ޙުކުމަށް ތާއީދުކޮށް، ހައިކޯޓުން ވަނީ ޙުކުމް ދަމަހައްޓާން ނިންމާފައެވެ. އެ ގޮތަށް ނިންމީ މި އަހަރުގެ ޖަނަވަރީ 21 ގައެވެ.
އެ ދުވަހުގައި މައްސަލަ ބެއްލެވި 03 ފަނޑިޔާރުންގެ ތެރެއިން 2 ފަނޑިޔާރަކު ވިދާޅުވީ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއްނެތް ކަމަށެވެ.








Comments