https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ރައީސް ޔާމީންގެ ހުކުމް ދެމެހެއްޓުމަކީ ދައުލަތުން ކޮށްގެން ވާނެ ކަމެއްނޫން – ޑރ. ޝަހީމް

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Aug 29, 2021
  • 1 min read


ކުރިމިނަލް ކޯޓުން ރާއްޖޭގެ ކުރީގެ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ދެމެހެއްޓުމަކީ ދައުލަތުން ކޮށްގެން ވާނެ ކަމެއްނޫން ކަމަށް ކުރީގެ އިސްލާމިކު މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސް ޔާމީނަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް އިއްވީ ރަހީނުކޮށްގެން ކަމަށް އެ ހުކުމްކުރި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ޤާޟީ ހުސައިން ފާއިޒް ވިދާޅުވެފައި ވަނިކޮށެވެ.

ޑރ ޝަހީމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންއަށް ކޮށްފައިވާ ހުކުމްގެ އެތެރެފުށް ހާމާވަމުން ދާއިރު، މިވަރުގެ ހުކުމެއް ދެމެހެއްޓުމަކީ ދައުލަތަކުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ހުކުމް ބާތިލް ކުރަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، މިކަމާއި ގުޅިގެން އިދާރާ ތަކުން މިކަމުގައި ޝާމިލްވާ ފަރާތްތައް ހޯދާ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

ލީކްކޮށްލާފައިވާ އޯޑިއޯގައި އިވެނީ ގާޒީ ފާއިޒާ، ރައީސް ޔާމީންގެ ހުކުމާ ގުޅޭ ގޮތުން އެހެން މީހަކު ސުވާލު ކުރާ އަޑެވެ. އެ ސުވާލުތަކަށް ފުރަތަމަ ގާޒީ ޖަވާބު ދެއްވަން ބޭނުމެއްނުވެއެވެ. ހުކުމެއް ކުރުމަށް ފަހު އެއާ ގުޅޭ ގޮތުން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ވިދާޅުވެއެވެ. ލީކް ކޮށްލާފައިވާ އޯޑިއޯ ގައި ގާޒީ ފާއިޒު ވިދާޅުވާ ގޮތުގައި، ސިޔާސީ މައްސަލައެއްގެ ޝަރީއަތް ޖެހިއްޖެނަމަ އެއީ ވަރަށް އުނދަގޫ ކަމެކެވެ. އެފަދަ މައްސަލައެއް ބަލާފައި ނިދަން ވެސް އުނދަގޫވާ ކަމަށް އޭނާ ވިދާޅުވެއެވެ.

މީގެ އިތުރުން ފާއިޒު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށްކުށް ސާބިތުވާ ކަމަށް ހުކުމް ކުރީ، ޔާމީންގެ މަސްލަހަތަށްޓަކައި ކަމަށާއު އޭނާ މަސައްކަތް ކުރެއްވީ ޔާމީންއާ އެއްކޮޅަށެވެ. އޭގެ އިތުރަށް އެ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page