https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ޤައުމު ހިންގަވަމުން ރައީސް ޞާލިޙް އެ ގެންދަވަނީ އިދިކޮޅު މީހުން ހަސަދަވެރިވާ ވަރަށް- ޑރ.މަޢުޞޫމް

  • މާހިރު މުޙައްމަދު
  • Aug 4, 2021
  • 1 min read

ރައީސް ޞާލިޙް ޤައުމު ހިންގަވަމުން އެހެރަ ގެންދަވަނީ އިދިކޮޅު ފަރާތްތަކުން ”ޖޭ“ ވާހައި މޮޅަށް ނުވަތަ ހަސަދަވެރިވާ މިންވަރަށް ކަމަށް، ޓޫރިޒަމް މިނިސްޓަރު ޑރ.މަޢުޞޫމް ވިދާޅުވެއްޖެއެވެ.


އިދިކޮޅު ޕާޓީީގެ ބައެއް އިސް ބޭފުޅުން ”ނާވާދަވެރި“ ގޮތަކަށް ބަސް ވިދާޅުވުމުން ދޭހަވަނީ އިންތިޚާބު އިއުލާނުކުރުމުގެ މާ ކުރިން އެ ވެރިން ބަލި ގަބޫލު ކޮށްފިކަން ކަމަށް ޑރ.މަޢުޞޫމް ވިދާޅުވިއެވެ.


”ރައީސް ޞާލިޙު ހަމަ މޮޅީ. އިކޮނޮމީ ފުލުގައި ޖައްސައިލި ކޮވިޑުތެރޭ ވެސް ޤައުމު ހިންގަމުން އެ ގެންދަވަނީ އެއުރެން ޖޭ ވާހާ މޮޅަށް.“ ރައީސް ޞާލިޙަށް ތަޢުރީފުކުރައްވަމުން ޑރ.މަޢުޞޫމް ވިދާޅުވިއެވެ.


ޑރ.މަޢުޞޫމް މިހެން ވިދާޅުވެފައިވާ ސަރުކާރުގެ އެތެރެ ކޮރަޕްޝަންގެ ހާއްޔަކަށްވެ، މާސިންގާ ބޮޑެތި ވައްކަންތައް އިތުރުވެފައިވާކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ޤަބޫލުކުރެއެވެ.


ޤައުމު މިފަދަ ނުރައްކާތެރި ހާލަތަކަށް ވެއްޓިފައިވާ މި ދަނޑިވަޅުގައި ސަރުކާރުން ތަކުރާރުކޮށް ގޯސް ހަދަމުންދާތީ ރައީސް ޞާލިޙް ފެއިލްވެފައިވާ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.


 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page