ރައީސް ޞާލިހުގެ ސަރުކާރު ވަނީ ކޮންޓްރޯލުން ނެއްޓިފައި- ޑރ.ޝިހާމް
- މާހިރު މުޙައްމަދު
- Aug 17, 2021
- 1 min read

ރާއްޖޭގެ ސަރުކާރު ކޮންޓްރޯލުން ނެއްޓިފައިވާކަމަށް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ޑރ.ޝިހާމް ޙަސަން ވިދާޅުވެެއްޖެއެވެ.
ޑރ.ޝިހާމް މިއަދު ވިދާޅުވީ ރާއްޖޭގެ ސަރުކާރު މިހާރު ވަނީ ކޮންޓްރޯލުން ނެއްޓިފައި ކަމަށާއި، އެއީ ހިންގަވަން ތިއްބެވި ބޭފުޅުންގެ ހަރުދަނާކަމާއި، ނާޤާބިލުވުމުގެ ސަބަބުން ކަމަށެވެ. އޭގެ އެއް ސަބަބަކީ ޤާނޫނުތަކާއި، ޤަވާއިދުތަކަށް ޙުރުމަތްތެރިކޮށް ނުހިތުންކަމަށް ޑރ.ޝިހާމް ވިދާޅުވިއެވެ. ހިތާމައަކީ ޤައުމު އޮޔާލައި ގޮސް މުޅިން ގެއްލިގެން ދިޔުމުގެ ބިރު ރައްޔިތުންނަށް އިޙްސާސްވެފައިވުންކަމަށް ވެސް ޑރ.ޝިހާމް ވިދާޅުވިއެވެ.








Comments