ރައީސް ޞާލިހު ޗައިނާގެ ރައީސްއަށް ފޯނުން ގުޅުއްވާއިފި
- Goal mv
- Jul 16, 2021
- 1 min read

ރައީސިލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އާއި ޗައިނާގެ ރައީސް ޒީ ޖިންޕިން އާއި ފޯނުން ގުޅުއްވާ މަޝްވަރާ ކުރައްވައިފިއެވެ.
ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޗައިނާ އާއި ރާއްޖެއާއި ދެމެދުއޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭ ގޮތުން ރައީސް ޖިންޕިން އާއި އެކި ފޯނުން ގުޅުއްވާ މަޝްވަރާ ކުރައްވާފައި ވާކަމަށަާާާއި ޗައިނާއިން ރާއްޖެއާއި ދެމެދުގެންގުޅުއްވާ ގުޅުމަށް ހާއްސަ ޝުކުރެއް އަދާ ކުރައްވާ ކަމަށްވެސް ރައީސް ސޯލިހުގެ ފޯނުކޯލުގައި ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރާއްޖެއާއި ޗައިނާ އާއި ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައި ވާކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.








Comments