https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ރައީސް ޞާލިހު ބަރުލަމާނީ ނިޒާމު ގެނައުމުގެ ޕެޓިޝަނަށް މަރުހަބާ ވިދާޅުވެއްޖެ

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Aug 22, 2021
  • 1 min read

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ރައްޔިތުންގެ ޚިޔާލު ހޯދަން ޕެޓިޝަނެއްގައި ސޮއިކުރަން ފެށުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މަރުހަބާ ވިދާޅުވާކަމެއް ކަމަށް، ރައީސްގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒު ވިދާޅުވެއްޖެއެވެ.


އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި، ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމަށް އިއްޔެ ވަނީ ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައެވެ. މިކަމާ ގުޅިގެން ރައީސް ޞާލިޙް ވިސްނުންފުޅަކީ ކޮބައިކަން ހާމަކުރައްވަމުން މަބްރޫކް މިއަދު ވިދާޅުވީ ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން ރައީސް ޞާލިޙް ގެންގުޅުއްވާ ވިސްނުންފުޅަށް އަދިވެސް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. ހަމައެހެންމެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ރައްޔިތުންގެ ޚިޔާލު ހޯދަން ޕެޓިޝަނެއްގައި ސޮއިކުރަން ފެށުމަކީ ރައީސް ޞާލިޙް މަރުހަބާ ވިދާޅުވާކަމެއް ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެދި ދާދި ފަހުން ރައީސް ނަޝީދު، ރައީސް ޞާލިޙަށް މެސެޖެއް ފޮނުއްވިއެވެ. އެ ގޮތުން ރައީސް ޞާލިޙް ވިދާޅުވީ، މިހާރު މި ޢަމަލުކުރަމުންދާ ރިޔާސީ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން ޢަމަލުކުރުމަށް ނިންމާފައިވާ ގޮތެެއްކަމަށްވާތީ، މިކަމަށް ބަދަލެއް ގެނެވޭނީ ވެސް ޢާންމު ރައްޔިތުންގެ ވޯޓަކުންކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page