https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އަޅުގަނޑަށް ހީވަނީ ރައީސް ނަޝީދު ޖަލަށްލާން އުޅޭހެން- ޝިފާ

  • މާހިރު މުޙައްމަދު
  • Aug 13, 2021
  • 1 min read

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ރާއްޖެ ގެނެސް ޖަލަށްލާން އުޅޭހެން ހީވާ ކަމަށް މާލޭގެ ކުރީގެ މޭޔަރު އަދި އެމްޑީޕީގެ އަންހެނުންގެ ގޮފީގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ޝިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.


ޝިފާ ކުރެއްވި ޓުވީޓެެއްގައި ވާނީ ރައީސް ނަޝީދު އެ ހާލުކޮޅުގައި ހުންނަވަނިކޮށް ރާއްޖެ ގެނެސް ޖަލަށްލާން އުޅޭހެން ހީވާ ކަމަށާއި، ދިވެހިންނަށް ހެޔޮ ވެރިންނަށް، ދިވެހިން އަބަދު ވެސް ކަންކޮށްފައި ވަނީ ވަރަށް ނުބައިކޮށް ކަމަށެވެ.

ޝިފާ އެފަދައިން ވިދާޅުވި އިރު، އިދިކޮޅު ޕީޕީއެމްއާއި ގުޅިވަޑައިގަންނަވަން ރައީސް ނަޝީދު މަސައްކަތްޕުޅު ކުރައްވާތީ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ) ވަނީ ރައީސް ނަޝީދަށް ފިޔަވަޅު އެޅުމަށް އެމްޑީޕީއަށް ގޮވައިލައްވާފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ހުސްވި މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ލިބިވަޑައިގެންނެވި އަނިޔާތަކަށް ފުރަތަމަ ފަރުވާ ހޯއްދެވީ އޭޑީކޭ ހޮސްޕިޓަލުގައެވެ.


އެއަށް ފަހު ޖަރުމަނަށް ވަޑައިގެން އިތުރު ފަރުވާ ހޯއްދެވުމަށް ފަހު، ރައީސް ނަޝީދު މި ވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page