ރައީސް ނަޝީދަށް އިންޒާރުދީފި
- ޙުސައިން އަޙުމަދު

- Aug 22, 2021
- 1 min read

ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންފިނަމަ، ބަދުރު ހަނގުރާމައިގެ ދުވަހު އަބޫޖަހުލަށް ހަދައިލި ގޮތް ހަދައިލާނެކަމަށް ބުނެ ޢާންމު ރައްޔިތަކު އިންޒާރުދީފިއެވެ.
އެމްޑީޕީގެ ރައީސް މިއަދު މީސްމީޑިއާގެ މަންސަތަކުގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އައު ދައުރަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ތެރެއިން ”ބަރުލަމާނީ ނިޒާމަށް“ ތާއީދުކުރާ ކެންޑިޑޭޓުންނަށް އެ މަނިކުފާނު ތާއީދުކުރައްވާ ކަމަށެވެ.
މި ޕޯސްޓަށް ކޮމެންޓް ކުރި މީހަކު ވަނީ ރައީސް ނަޝީދަށް ވަރުގަދަ އިންޒާރެއްދީފައެވެ.
އިސްމާޢީލް ޔާފިސް ބިން މުޙައްމަދު ކިޔާ މީހަކު ބުނީ ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންފިނަމަ، ބަދުރު ހަނގުރާމައިގެ ދުވަހު އަބޫޖަހުލަށް ހަދައިލި ގޮތް ހަދައިލާނެ ކަމަށެވެ.
”ދެން ރާއްޖެ އައިސްފިނަމަ ބަދުރުގެ ދުވަހު އަބޫ ޖަހުލަށް ހެދިގޮތް ހަދާނަން. ދެންފަހަރަކުން އެއަށްވުރެ (6 މެއިގެ ހަމަލާއަށްވުރެ) ހިތިވާނެ“ އޭނާ އިންޒާރުދީފައިވެއެވެ.








Comments