ރައީސް މައުމޫންްްގެ ކައިވެނިފުޅަށް 52 އަހަރު ވެއްޖެ
- ޙުސައިން އަޙުމަދު

- Jul 20, 2021
- 1 min read

30 އަހަރު ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސް މައުމޫން ޢަބްދުލް ޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ކައިވެނިފުޅަށް މިއަދު 52 އަހަރު ފުރިއްޖެއެވެ.

ރައީސް މައުމޫންގެ ދެކަނބަލުން އެންމެ ފުރަތަމަ ބައްދަލުވެ ވަޑައިގެންނެވީ 1965 ވަނަ އަހަރު މިސްރުގެ ވެރިރަށް ގާހިރާ އިންނެވެ. ކައިވެނި ބައްލަވައިގަތް އިރު، ނަސްރީނާގެ އުމުރުފުޅުން 19 އަަހަރުވީ އިރު، ރައީސް މައުމޫންގެ އުމުރުފުޅަކީ 31 އަހަރެވެ. އޭގެ ހަތަރު އަހަރު ފަހުން 20 ޖުލއި 1969 ގައި މި ދެ ބޭފުޅުން މިސްރުގައި ކައިވެނި ބައްލަވައިގެންނެވި އެވެ.

1969 ވަނަ އަހަރުގެ ޖުލައި 20 ވަނަ ދުވަހަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ނަސްރީނާ އިބްރާޙީމްގެ ކައިވެނި ބައްލަވައިގެންނެވި ދުވަހެވެ.
ނަސްރީނާއަކީ އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ ކަމަށް މީގެ ކުރިން ރައީސް މައުމޫން ވިދާޅުވެފައިވެއެވެ. އެ ކަމަނާއަށް ލިބިވަޑައިގެންފައި ވަނީ ގަދަފަދަ ބާރުފުޅެއް ކަމަށާއި، ކަމަނާގެ ހިތްވަރުފުޅު ގަދަކަން އާދަޔާ ހިލާފް ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ، ނަސްރީނާ ހުންނެވީ ބަލި ނުކުރެއްވޭނެ ފަދަ ހިތްވަރުފުޅެއްގައި ކަމަށާއި، އެ ކަމަނާގެ ވަފާތެރިކަމަށް ނިމުމެއް ނެތް ކަމަށެވެ.








Comments