ރާއްޖޭއިން އިންޑިޔާއާއެކު މަޝްރޫއުތައް ހިންގުމާއި ގުޅޭ އެމްއޯޔޫއެއްގައި ސޮއިކޮށްފި
- ޙުސައިން އަޙުމަދު

- Jul 24, 2021
- 1 min read

ރާއްޖޭގައި ހައި-އިމްޕެކްޓް މަޝްރޫއުތައް ހިންގުމާއި ގުޅޭ އެމްއޯޔޫއެއްގައި އިންޑިޔާއާއެކު ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި ސޮއިކުރައްވައިފައި ވަނީ އދ ގެ ޖެނެރަލް އެސެމްބްލީގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން މިނިސްޓަރު ޝާހިދު އިންޑިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
އިންޑިޔާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޤައުމުގެ އެކްސްޓާރނަލް އެފެއާރޒް ޑރ.އެސް ޖައިޝަންކަރެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރައްވައިފައި ވަނީ، ފޮރިން މިނިސްޓަރު ޝާހިދެވެ.
”ރައީސް ޞާލިޙްގެ ސަރުކާރުން ލާމަރުކަޒީ ނިޒާމްް ގާއިމުކުރުމަށް ކުރައްވަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އިންޑިޔާއިން ވަނީ ލޯކަލް ކައުންސިލްތައް މެދުވެރިކޮށް ހައި-އިމްޕެކްޓް މަޝްރޫއުތައް ހިންގުމަށް 70 މިލިއަން ރުފިޔާގެ އާ ގްރާންޓެއް ފޯރުކޮށްދީފަ.“ ރާއްޖޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަނުން މިއަދު ވަނީ ބުނެފައެވެ.








Comments