ފޯކުގެ އަގު އިންތިހާއަށް ބޮޑުވެއްޖެ
- މާހިރު މުޙައްމަދު
- Jul 28, 2021
- 1 min read

ރާއްޖޭގެ ބާޒާރުގައި މީގެ ކުރިން 3،000 ރުފިޔާ އާއި 4،500 ރުފިޔާ އާއި ދެމެދުގެ އަގުގައި ވިއްކަމުން އައި ފޯއް ބަސްތާއެއްގެ އަގު 9،000 ރުފިޔާއަށް އުފުލިއްޖެއެވެ.
ދިވެހިން ދުފުމަށް ބޭނުން ކުރާ ފޯއް މިހާ އަގުބޮޑުވެގެން މިދިޔައި، އިންޑިއާ އިން ފޯއް ވިއްކާ އަގު ބޮޑުތަނުން އުފުލުމާއި ގުޅިގެން ކަމަށާއި މީ ހަކަށް ފޯއް ކިލޯއެއް 180 ރުފިޔާގެ ރޭޓުން ވިއްކަމުން އަންނަ ކަމަށެވެ.
ރާއްޖޭގެ ބާޒާރުގައި 50 ކިލޯގެ ފޯއް ބަސްތާއެއްްގެ މިހާރު ލިބެން ހުރީ 9،000 ރުފިޔާއަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މިއަގު ބޮޑުތަނުން އުފުލިގެން ހިނގައިދާނެ ކަމަށް ބެލެވެއެވެ.
މި ފަހަކަށް އައިސް އިންޑިއާ އިން ލިބެމުން ދިޔަ ތަކެތީގެ އަގު އެ ޤައުމުން ވިއްކާ އަގު ބޮޑު ކުރަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި ވެސް އިންޑިއާ އިން ގެންނަ މުދާލުގެ އަގު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
މިކަމަށް އެކަށީގެންވާ ހައްލެއް ނުލިބިއްޖެ ނަމަ މުދަލުގެ އަގުތައް ބޮޑުތަނުން އުފުލިގެން ހިނގައިދާނެ ކަމަށް ވިޔަފާރަވެރިން ބުނެއެވެ.








Comments