ރާއްޖޭގެ 12 ރަށެއް މޮނީޓަރިންގ ގައި
- ޙުސައިން އަޙުމަދު

- Jul 29, 2021
- 1 min read

ރާއްޖޭގެ 12 ރަށެއް މި ވަގުތާއި ހަމައަށް މޮނީޓަރިންގ ގެ ހާލަތުގައި އެބައޮތް ކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
މި ރަށްތަކަކީ، މުޖްތަމައު ތެރޭގައިކޯވީޑް ބަލި ފެތުރެން ފެށުމާއެކުު މޮނީޓަރިންގގެ ހާލަތަށް ގެނެވިފައިވާ ރައްތަކެވެ.
މޮނީޓަރިންގގެ ހާލަތަށް ގެނެވިފައިވާ ރައްތަކީީ..
1- ޏ ފޯއްމުލަށް
2- އއ ތޮއްޑޫ
3- ރދުވާފަރު
4- ގއ ކޫއްޑޫ
5- ށ ފޯކައިދޫ
6- ގދ ނަޑެއްލާ
7- ކ ކާށިދޫ
8- އއ ރަސްދޫ
9- ހދ ކުޅުދުއްފުށި
10- ހއ ދިއްދޫ
މީގެ އިތުރުން މ ކޮޅުފުށީގެ އިތުރުން ށ ފީވައް ވެސް މިއަދު ވަނީ މޮނީޓަރިންގގެ ހާލަތައް ގެނެސްފައެވެ.
މި ރަށްތަކަށް އެއިދާރާގެ ހުއްދަ ނުހޯދާ އެއްވެސް މީހަކު އެރުމާއި، މި ރަށްތަކުން އެޗްޕީއޭގެ ހުއްދަ ނުހޯދާ ބޭރުވުމަކީ މަނާ ކަމެއް ކަމަށްްްްއެ އިދާރާއިން ހާމަކުރެއެވެ.








Comments