ރާއްޖެއިން ނުފެންނަ ވައްތަރުގެ އާ މަހެއް ފެނިއްޖެ
- މާހިރު މުޙައްމަދު
- Sep 29, 2021
- 0 min read

ރާއްޖެއިން ދުވަހަކުވެސް ނުފެންނަ ވައްތަރުގެ އާ މަހެއް ފެނިއްޖެއެވެ.
އެޕޮގޮނެޑައި އާއިލާއަށް ނިސްބަތްވާ ސާކޭމިޔާ ބާވަތުގެ އާ މަހެއް ހޯދާފައި ވަނީ ސިކްސް ސެންސެސް ލާމު ރިސޯޓުންނެވެ. މި މަސް ދުނިޔެއިން ހަމައެކަނި ފެނިފައި ވަނީ ރާއްޖެއިންނާއި ޗޭގޮސް އާކިޕެލަގޯ އިންނެވެ. އަލަށް ހޯދުނު މި މަހުގެ ބޮޑުމިނުގައި ހުންނަނީ 2.4 ސެންޓިމީޓަރެވެ. މި އާއިލާގެ މަސްތައް އާންމުކޮށް ފެންނަނީ ރޭގަނޑުގެ ވަގުތުގައެވެ. މި މަސްތައް ގިނައިން ފެންނާނީ އެކަނި އުޅޭ ތަނެވެ. ސްނޯކްލިން އަށް ދާ މީހުންނަށް މިފަދަ މަސްތައް ފެންނާނީ ވަރަށް މަދުންނެވެ. ރާއްޖެއިން މި މަސް ހޯދުނުކަން ހާމަކުރީ މޯލްޑިވްސް ރެޒިލިއެންޓް ލާމު އިންސްޓަގްރާމް ޕޭޖުންނެވެ. މި ޕޭޖުގައި ރާއްޖޭގައި ކަނޑުތަކާއި ފަރުން ފެންނަ މިފަދަ މަސްތަކާއި ބެހޭ ގިނަ މައުލޫމާތުތައް ހިއްސާ ކުރެއެވެ.








Comments