https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ރާއްޖެއަށް އެންމެ ހެޔޮވަރީ ބަރުލަމާނީ ނިޒާމު- ވަކީލު ނިޝާން

  • Writer: އާންމުންގެ ޖަމްއިޔާ
    އާންމުންގެ ޖަމްއިޔާ
  • Sep 4, 2021
  • 2 min read

ދިވެހިރާއްޖެއަށް ރިޔާސީ ނިޒާމު ހެޔޮވަރު ނޫންކަމަށާއި، ރާއްޖެއަށް އަބަދުވެސް އެންމެ ހެޔޮވަރު ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް މަޝްހޫރު ޤާނޫނީ ވަކީލު އަލްއުސްތާޒު މުޙައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެއެވެ.


ބަރުލަމާނީ ޕެޓިޝަނަށް ތާއީދު ހޯދުމަށް ރޭ ހުޅުމާލޭގައި ބޭއްވި ކެންޕެއިން ރެލީއެއް ގައި ވާހަކަ ދައްކަވަމުން ނިޝާން ވިދާޅުވީ، ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުން ފެށިގެން ވޭތުވެދިޔަ 43 އަހަރުގައި ދިވެހިން ރިޔާސީ ނިޒާމު ދެކެފައިކަމަށާއި، ނަމަވެސް ދިވެހިންގެ ގޮވެލިފަތީގެ އަޑު އަދިވެސް މަޑުނުވާކަމަށެވެ.


އެ ގޮތުން އަދުލު އިންސާފުގައި ކަސްތޮޅު އެޅުވި ގައިދުވެފައިވާ ކަމަށާއި، ވެރިކަންކުރާ ބާރުން މަޖުލީހުގެ ބާރުގެ ތެރެއަށް އަރައިގަންނަ ވާހަކައާއި، އެއްބާރުން އަނެއްބާރުގެ ތެރެއަށްވަދެ ވަކިހިއްޕައިލާ ވާހަކަ ނުހުއްޓުނު ކަމަށެވެ. އަދި ހަމައެހެނެ ހައްޤުތައް ނުލިބިގެން ކުރަމުން އަންނަ ޝަކުވާއާއި، ހަށިފޮޅައިލާފައި ޤާނޫނީ ގޮތުން ހަމަ އިސްކޮޅަށް ނުތެދުވެވިގެން އުޅޭ ވާހަކަތަކުގެ އަޑު އަދިވެސް ރާއްޖޭގެ ހަތަރުބިތުގައި ގުގުމާލައިފައިވާ ކަމަށެވެ.


ނިޝާން ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ ކޮންސެޕްޓެއް ކަމަށާއި، އެ ކޮންސެޕްޓުގައި ހިމެނޭ ރުކުންތައް ހަމަކުރުމަށްފަހު މި ރާއްޖޭގެ އަސްދަނޑީގައި އުޅޭ މީހުންގެ އާދަކާދަ ހުންނަ ގޮތާއި، އިސްލާމް ދީނާއި، އެ ނޫން ވެސް ކަންކަމަށް ރިޢާޔަތްކޮށް، ބަރުލަމާނީ ސިޔާސަތެއް ހަމަކޮށް މި ރާއްޖެއަށް ގެނައުމުން ނޫނީ މި ގޮވެލީގެ އަޑު ފަނޑުވެގެން ނުދާނެ ކަމަށެވެ.

ދުނިޔޭގެ ތެރެއަށް ނަޒަރު ހިންގަވައިލައްވަމުން ނިޝާން ވިދާޅުވީ، ކުރިއަރާފައިވާ ގިނަ ޤައުމުތަކުގައި ބަރުލަމާނީ ނިޒާމަކީ ވަރަށް ސާބިތުކަމާއެކު ތަތްބީޤް ކުރެވިފައިވާ އަދި

ޓެސްޓުކޮށް ނިމި ނަތީޖާ ދައްކާފައިވާ ނިޒާމެއް ކަމަށެވެ. އަދި މި ރާއްޖޭގައި ތަރައްޤީގެ ކުރިފަޅައި ހެދި ނުގަނެވިގެން

މި އުޅެނީ “ނިޒާމުގެ މައްސަލައިގެ“ ސަބަބުން ކަމަށް ވެސް ނިޝާން ފާހަގަކުރެއްވިއެވެ.


މީގެ އިތުރުން ނިޝާން ވިދާޅުވީ، ބަރުލަމާނީ ނިޒާމެއްގައި ހެޑް އޮފް ސްޓޭޓަކީ ރައީސުލް ޖުމްހޫރިއްޔާ ކަމަށާއި، ހެޑް އޮފް ގަވަރމެންޓަކީ ބޮޑު ވަޒީރު ނުވަތަ ވަޒީރުލް އައުޒަމު ކަމުގައި ހާމަކުރަމުން، މިކަން މިހެން އޮތުމުން އެކަކަށް ވެސް ހައްދުފަހަނައަޅާ ބާރެއް ރިޔާސީ ނިޒާމެއްގައި އޮންނަ ގޮތަށް ނުލިބޭ ކަމަށާއި، ހައްދު ފަހަނައަޅާ ބާރެއް އެކަކަށް ވެސް ލިބިއްޖެނަމަ އެއީ ޚުދުމުޚުތާރުވުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.

“ބަރުލަމާނީ ނިޒާމަކީ އެންމެ ގޯސް މީހާއަށް ވެސް

ރަނގަޅުކަމެއް ނޫނީ ނުކުރެވޭ ނިޒާމެއް. އެހެންކަމުން ކޮރަޕްޝަނާއި މަދުވާނެ.“ ނިޝާން ވިދާޅުވިއެވެ.

ބަރުލަމާނީ ޕެޓިޝަނަށް ތާއީދު ހޯދުމަށް ރޭ ހުޅުމާލޭގައި ބޭއްވި މި ރެލީގައި މާފަންނު މެދު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވެސް ވަނީ، ބަރުލަމާނީއަށް ތާއީދުކޮށް ޝުއޫރު ފާޅުކޮށްފައެވެ.


ރާއްޖޭގެ ވެރިކަމުގެ ނިޒާމް، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ހުށަހެޅުމަށް ސޮއިކުރަމުންދާ މި ޕެޓިޝަނުގައި މިހާތަނަށް ބައިލައްކައަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ.

މި ޕެޓިޝަނުގައި ރައްޔިތުން މަޖިލީހުގެ 17 މެންބަރަކު މިހާތަނަށް ސޮއިކުރައްވާފައިވާއިރު، އޭގެތެރޭގައި މަޖިލީހުގެ ނައިބު ރައީސް އީވާ ވެސް ހިމެނިވަޑައިގަންނަވައެވެ. ހަމައެހެންމެ ސަރުކާރުގެ އިސް ބޭފުޅުން ވެސް ގެންދަވަނީ ޕެޓިޝަނުގައި ސޮއިކުރައްވަމުންނެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page