ރާއްޖެ 15 މިލިއަން ރުފިޔާގެ ޑްރަގް އެެތެރެކުރަން އުޅެނިކޮށް އަތުލައިގެންފި
- މާހިރު މުޙައްމަދު
- Aug 14, 2021
- 1 min read

ވައިގެ މަގުން ރާއްޖެއައި ޢުމުރުން 31 އަހަރުގެ ބްރެޒިލް އަންހެނެއްގެ ޢަމަލުތައް ހުރި ގޮތުން، އެ މީހާއާމެދު ޝައްކު ކުރެވިގެން އޭނާގެ ލަގެޖް ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށާއި ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން އެ ތަކެތި ޓެސްޓުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސްއިން މަޢުލޫމާތު ހަމަކުރެއެވެ. އެ ތަކެތީގެ ބަރުދަނުގައި 3.197 ކިލޯގްރާމް ހުރި ކަމަށެވެ.
އެ ތަކެތީގެ މަގުމަތީގެ އަގު 15 މިލިއަން ނުވަލައްކަ އައްޑިހަ ފަސްހާހަށް އަރާ ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.
އެ މައްސަލައިގައި ޝާމިލްވާ އަންހެން މީހާއާއި، އަތުލައިގަނެވުނު މަސްތުވާތަކެތި އިތުރަށް ތަހްލީލުކުރުމަށްޓަކައި ކަސްޓަމްސްއިން ފުލުހުންނާއި މިހާރު ވަނީ ހަވާލުކޮށްފައެވެ.








Comments