https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ކަރަންޓީންނުވެ ބެންކޮކްއަށް ދަތުރުކުރެވޭ ގޮތް ހަމަޖައްސައިފި

  • މާހިރު މުޙައްމަދު
  • Jul 3, 2021
  • 1 min read


ކަރަންޓީންވުމަކައި ނުލައި ތައިލެންޑުގެ ޕުކެޓަށް ދަތުރުކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.


ކޮކޮރޯނާވައިރަހުގެ ސަބަބުން ހީނަރުވެފައިވާ ތައިލެންޑުގެ ޓޫރިޒަމް އަލުން ކޮޅަށް ޖެހުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަރަންޓީން ފްރީ ސްކީމުގެ ދަށުން ކަރަންޓީން ނުވެ ދަތުރު ކުރެވޭނީ ވެކްސިން ޖަހާފައިވާ މީހުންނަށެވެ. ތައިލެންޑުގެ އިގްތިސާދުގައި ފަސްބައިކުޅަ އެއްބައި ހިއްސާކުރަނީ ޓޫރިޒަމެވެ. ނަވާރަ ސަތޭކަ ނުވަދިހަ ހަތް ވަނަ އަހަރު ކުރިމަތިވި އޭޝިއަން ފައިނޭންޝަލް ކްރައިސިސް އަށް ފަހު ތައިލެންޑުގެ ޓޫރިޒަމް މިހާ ބޮޑަށް ހީނަރުވި ދުވަސްވަރެއް ނުދެއެވެ.

ކަރަންޓީން ފްރީ ސްކީމެއް ޕުކެޓަށް ތައާރަފްކުރި އިރު ތައިލެންޑުގައި ވަނީ ކޮވިޑުގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވާން ފަށައިފަ އެވެ. އިއްޔެ އެކަނިވެސް ވަނީ 5،500 މީހުން ޕޮޒިޓިވްވެ 57 މީހުން މަރުވެފަ އެވެ. އެ ގައުމުން މިހާތަނަށް ވަނީ 264،834 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. ނަމަވެސް ޕުކެޓުގައި ކޮވިޑުގެ ހާލަތު އެހާ ގޯހެއް ނޫނެވެ. ޕުކެޓުގެ 70 ޕަސެންޓް މީހުން ވަނީ މަދުވެގެން އެއް ޑޯޒް ވެކްސިން ޖަހައިފަ އެވެ.

ޕުކެޓަށް ދަތުރުކުރާ މީހުން މޯބައިލް އެޕެއް މެދުވެރިކޮށް އެ މީހުންގެ މޫވްމަންޓް ޓްރެކް ކުރާނެ އެވެ.

ޕުކެޓަށް އެންމެ ފުރަތަމަ 25 ޓޫރިސްޓުން އިއްޔެ ދަތުރުކުރީ އިއްތިހާދު އެއާވޭސް އިންނެވެ. ފަސިންޖަރުންގެ ތެރޭގައި ހިމެނޭ 37 އަހަރުގެ ޔޫއޭއީގެ ރައްޔިތެއް ކަމަށްވާ އުމަރު ރިކާލްރައީސީ ބުނީ އޭނާ މީގެ ކުރިން ވަނީ ޕުކެޓަށް 15 ފަހަރު ދަތުރުކޮށްފައި ކަމަށާއި މިފަހަރުގެ ޗުއްޓީގައި އަށް ދުވަސް މަޑުކުރާނެ ކަމަށެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page