ކަރަންޓީނުގައި ތިބި މީހުން ދޫކޮށްލުމަށް ހުއްދަދީފި
- މާހިރު މުޙައްމަދު
- Jul 2, 2021
- 1 min read

ކޯވިޑަށް ޕޮޒިޓިވްވެ، ރަށްރަށަށް ހޯމް ކަރަންޓީނަށް ދަތުރުކޮށް، މިހާރު ކަރަންޓީނުގައި ތިބި މީހުން ކަރަންޓީނުން ދޫކޮށްލުމުގެ ހުއްދަދީފިއެވެ.
އެޗްޕީއޭއިން ބުނީ ކޯވިޑަށް ޕޮޒިޓިވްވާ ތާރީޚުން ފެށިގެން (ސާމްޕަލް ނަގާ ތާރީޚުން ފެށިގެން) 60 ދުވަސް ހަމަވެފައިނުވާ މީހުންގެތެރެއިން ރަށްރަށަށް ދަތުރުކޮށް، ކަރަންޓީނުގައި މިހާރު ތިބި މީހުން ކަރަންޓީނުން ދޫކޮށްލުން އެންމެ ރަނގަޅު ކަމަށެވެ.
ކޯވީޑް ބަލިޖެހި ރަނގަޅުވެފައިވާތާ 60 ދުވަސްވެފައިނުވާ މީހުން ކަރަންޓީނުން ދޫކޮށްލުމުގެ މަސައްކަތްތައް ކައުންސިލުތަކުން ކުރަމުން ގެންދިއުމަށް އަންގާ ކަމަށެވެ. އަދި އެ އުސޫލުގެ ދަށުން ދޫކޮށްލާ މީހުންގެ މަޢުލޫމާތު އެ އެޖެންސީއާއި ހިއްސާކޮށްދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.








Comments