https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ޤައުމީ އެއާރލައިން ދަރަނިވެރިވީ ރައީސް ސޯލިހުގެ ވެރިކަމުގައި- ކެޕްޓަން އަމީން

  • މާހިރު މުޙައްމަދު
  • Aug 15, 2021
  • 1 min read

ޤައުމީ އެއާލައިން "މޯލްޑިވިއަން" ހިންގާ އައިލެންޑް އޭވިއޭޝަން ދަރަނިވެރިވާން ފެށީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވެރިކަމާ ހަވާލުވި ހިސާބުން ކަމަށް އައިލެންޑް އޭވިއޭޝަންގެ ކުރީގެ އޮޕަރޭޝަންސް ޑިރެކްޓަރު ކެޕްޓަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.


ކެޕްޓަން އަމީން މިހެން ވިދާޅުވީ މޯލްޑިވިއަންއަކީ ކުރިންސުރެ ވެސް ގެއްލުމުގައި ހިންގަމުން އައި ކުންފުންޏެއް ކަމަށް ރައީސް ސޯލިހު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައެވެ.


2018 ވަނަ އަހަރުގެ ކުރިން މޯލްޑިވިއަންއަށް ފައިދާވަމުން ދިޔަ ކަމަށެވެ. މިކަން އޮޑިޓް ރިޕޯޓްތަކުންނާއި ރައީސް ޞާލިހު ކުރިން ހެއްދެވި ޓްރާންސިޝަން ކޮމެޓީއަށް ވެސް މީގެ ކުރިން އެ ކުންފުންޏަށްވީ ފައިދާ އެނގޭނެ ކަމަށް ވެސް ކެޕްޓަން އަމީންގެ ޓުވީޓްގައި އިތުރަށް ވިދާޅުވެފައިވެއެވެ.


މީގެ އިތުރުން އަމީން ވިދާޅުވީ ކުންފުނި ދަރަނިވެރިވެ ކޮންޓްރޯލް ގެއްލުނީ ރައީސް ޞާލިހުގެ ވެރިކަމާއެކު ތަޖުރިބާއެއް އިލްމެއް ނެތް އާއިލީ މީހުންނާ ޤައުމީ އެއާލައިން ހަވާލުކުރުމުން ކަމަށެވެ.


"ޤައުމީ އެއާލައިން ވަނީ 2018 އާއި ހަމައަށް ކުރިއަރާ ފައިދާވެފައި. އޮޑިޓް ރިޕޯޓްތަކުންނާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ޓްރާސިޝަން ކޮމިޓީ ރިޕޯޓްއިން އެކަން ސާފުވާނެ. ކުންފުނި ދަރަނިވެރިވެ ކޮންޓްރޯލް ގެއްލުނީ ރައީސް ޞާލިހުގެ ވެރިކަމާއެކު ތަޖުރިބާއެއް އިލްމެއް ނެތް އާއިލީ މީހުންނާ ހަވާލު ކުރުމުން،" ކެޕްޓަން އަމީން ވިދާޅުވިއެވެ.


ކެޕްޓަން އަމީން މިފަދައިން ވިދާޅުވި އިރު ރައީސް ޞާލިހު ދާދިފަހުން ވަނީ މޯލްޑިވިއަންގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ޖޮއިންޓް ވެންޗާ އުސޫލުން ބޭރުގެ ބަޔަކާ ސަރުކާރުން މަޝްވަރާ ކުރަމުން ގެންދާކަން ހާމަކުރައްވާފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page