https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ރިޔާޒް ވެސް ޤާސިމް ޕާރޓީން ވަކިވެވަޑައިގެންފި

  • މާހިރު މުޙައްމަދު
  • Jul 11, 2021
  • 1 min read

ރައްޔިތުންގެ މަޖިލިހުގެ ތިމަރަފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ޢަބްދުﷲ ރިޔާޒް، ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފިއެވެ.


ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް މިއަދު ފޮނުއްވި ސިޓީއެއްގައި ރިޔާޒް ވިދާޅުވީ، ކުރިޔަށް އޮތް ދުވަސްތަކުގަ ސިޔާސީ ޕާޓީއެއް އުފައްދައިގެން ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރަން ބޭނުންވާތީވެ ޖުމްހޫރީ ޕާޓީން މިއަދުން ފެށިގެން ވަކިވާން ނިންމަވާފައި ވާކަމަށެވެ.


އަދި ވޭތުވެދިޔަ ދުވަސްތަކުގައި ޤާސިމް އިބްރާހިމް އާއި، ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް ރިޔާޒްގެ ސިޓީގައި ވަނީ ބުނެފައެވެ.

ރިޔާޒް ޖޭޕީން ވަކިވެ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވާފައި މިވަނީ، ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ދަނގެތި ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ނާޒިމް ސިޔާސީ ޕާޓީއެއް އުފައްދަވާކަން އިއުލާން ކޮށްފައި ވަނިކޮށެވެ. އަދި މިއީ މި ދެބޭފުޅުންގެ އިތުރުން ބައެއް މަޖިލީސް މެމްބަރުން އެކުވެގެން އުފައްދަވާ ޕާޓީއެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.


މީގެ ކުރިން ވެސް ނާޒިމްއާއި ރިޔާޒު ގުޅިގެން ޕާޓީއެއް އުފައްދާ ކަމުގެ އަޑުތައް ފެތުރުނެވެ. އެކަމަކު އޭރު އެ ދެ ބޭފުޅުން ވެސް އެ ކަން ދޮގު ކުރެއްވިއެވެ.


 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page