https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އޭސީޕީ ޖަމްޝީދާއި، އަޙްމަދު މުޙައްމަދު މަޤާމުން ވަކިކުރަން ނޯޓިސް ފޮނުވައިފި

  • މާހިރު މުޙައްމަދު
  • Oct 1, 2021
  • 0 min read

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އެކުލަވައިލި ފުލުހުންގެ ބޯޑުން ވަޒީފާއިން ވަކިކުރަން ލަފާދީފައިވާ އޮފިސަރުންގެތެރޭގައި ހިމެނޭ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޖަމްޝީދާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު (ޓޫފޯ) މަޤާމުން ވަކިކުރަން ނޯޓިސް ފޮނުވައިފިއެވެ.


ފުލުހުންގެ އައު ޤާނޫނުގައި ބުނެފައިވާ ގޮތުން ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް ފިޔަވައި، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުން ފުލުހަކަށްވީތީ އެ މީހަކަށް ލިބިފައިވާ ޤާނޫނީ ބާރާއި އިޚްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ލާއިންސާނީ އަނިޔާވެރިކަމެއް ނުވަތަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވޭތޯ ފުުލުހުންގެ ބޯޑުން ދިރާސާކުރަން ޖެހެއެވެ. ފުލުހުންގެ ބޯޑުން އެކަން ދިރާސާ ކުރުމަށް ފަހު 07 އޮފިސަރަކު ވަކިކުރަން ހުސްވިމަހުގެ 09 ވަނަ ދުވަހުގައި ވަނީ ކޮމިޝަނަރ އޮފް ޕޮލިސްއަށް ލަފާދީފައެވެ. ވަކިކުރަން ނިންމާފާއިވާ7 އޮފިސަރުންނަކީ... 1. އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ. 2. އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުޙައްމަދު ޖަމްޝީދު. 3. އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަޙްމަދު މުޙައްމަދު (ޓޫފޯ). 4. ޗީފް ސްޕްރިންޓެންޑެންޓް ޢަބްދުﷲ ޝަރީފް. 5. ޗީފް ސްޕްރިންޓެންޑެންޓް އަޙްމަދު ޝުހާދު. 6. ސްޕްރިންޓެންޑެންޓް މުޙައްމަދު ދާއޫދު. 7. ސްޕްރިންޓެންޑެންޓް އިސްމާޢީލް ޝަމީމްއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޖަމްޝީދާއި، އަޙްމަދު މުޙައްމަދު މަޤާމުން ވަކިކުރަން ފޮނުވަނީ ޖެހޭ ނޯޓިސް ވަނީ ފޮނުވައިފައެވެ. އެ ނޯޓިސްގެ މުއްދަތު ހަމަ ވާނީ އަންނަ މަހުގެ 10 ވަނަ ދުވަހު ކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް ދެން ތިބި 5 އޮފިސަރުންނާމެދު އަދި ވަކި ގޮތެއް ނިންމައިފައެއް ނުވެއެވެ. ފުލުހުންގެ އިސް އޮފިސަރުންތަކެއް މަޤާމުން ވަކިކުރަން ނިންމި ނިންމުމާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241) އަށް ވަނީ މައްސަލަ ހުށަހަޅުއްވައިފައެވެ. މައްސަލަ ހުށަހެޅުއްވި ދެ މެންބަރުންނަކީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމާއި، ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page