https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ޕްރައިމަރީއަކުން އަޅުގަނޑު ބަލިކުރާކަށް ލާހިކެއްނޫން- ރައީސް ނަޝީދު

  • މާހިރު މުޙައްމަދު
  • Sep 6, 2021
  • 1 min read

ރިޔާސީ އިންތިޚާބުގެ ޕްރައިމަރީން އެ މަނިކުފާނު ބައްޔެެއް ނުވާނެކަމަށް، ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.


ރައީސް ނަޝީދު މިހެން ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީން ބަލިވެވަޑައިގެންފިނަމަ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވާނަންތޯ ނޫސްވެެރިއަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.


އިނގިރޭސިވިލާތުގައި ހުންނަވައިގެން އޮންލައިންކޮށް އިއްޔެ ބޭއްވެވި ނޫސްވެެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ މަނިކުފާނަކީ އިންތިޚާބުތަކުން ”މޮޅުވުމަށް“ ވާދަކުރައްވާ ބޭފުޅެއް ކަމަށާއި، އެ ގޮތުން ޕްރައިމަރީން އެ މަނިކުފާނު ބައްޔެެއް ނުވާނެ ކަމަށެވެ.


”އަޅުގަނޑު ބައްޔެއްނުވާނެ އިރާދަކުރެއްވިއްޔާ ޕްރައިމަރީއަކުން.“ ރައީސް ނަޝީދު ވިދާޅުވިއެވެ.


ހަމައެހެންމެ ނިމިދިޔަ އިންތިޚާބުގައި ރައީސް ޞާލިޙަށް ލިބިވަޑައިގަތީ، އެ މަނިކުފާނަށް ލިބިވަޑައިގެންނެވި ޓިކެޓު ކަމަށެވެ. އެ ޓިކެޓު ރައީސް ޞާލިޙަށް ލިބިވަޑައިގަތީ، އެ މަނިކުފާނަށް ކުރިމަތިނުލެއްވޭ ހާލަތެއް މެދުވެރިވުމުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page