ޕައިލެޓުންގެ އިހުތިޖާޖާއެކު ޖެނިފާ އަތަށްގޮވައި މުސާރަބޮޑުކުރަން ނިންމައިފި
- މާހިރު މުޙައްމަދު
- Sep 12, 2021
- 1 min read

ޤައުމމީ އެއާރލައިން މޯލްޑިވިއަންގައި މަސައްކަތްކުރާ ޕައިލެޓުންގެ މުސާރަ ބޮޑުކޮށްދޭން ކުންފުނީގެ މެނޭޖްމަންޓުން އެއްބަސްވެއްޖެއެވެ.
ކުންފުނީގެ ޕައިލެޓުންގެ މުސާރައިން 40 ޕަސެންޓަށް ކުޑަކޮށްފައިވަނީ ކޮވިޑް-19 އާ ގުޅިގެންނެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް މުސާރަ ބޮޑުކޮށްދީފައިނުވާތީ ޕައިލެޓުން އައީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. އަދި މިއަދު އޮޕަރޭޝަންސް އަށް ނުނިކުމެ، އިހުތިޖާޖުކުރަން ވެސް ނިންމިއެވެ.
ޕައިލެޓަކު ބުނީ އިހުތިޖާޖު ހުއްޓާލަން ނިންމީ މެނޭޖްމަންޓާ ބައްދަލުކުރުމަށްފަހު، ކުރީގެ މުސާރަ އިއާދަކޮށްދޭން އެއްބަސްވުމުން ކަމަށެވެ.
މީގެ ކުރިން ވެސް ޕައިލެޓުންގެ ކަންބޮޑުވުންތައް މެނޭޖުމަންޓާ ހިއްސާކޮށްފައިވާނެ ކަމަށާއި އެހެންނަމަވެސް ހައްލެއް ނުލިބޭ ކަމަށެވެ.
"މީގެ ހަ މަހެއް ހާ ދުވަސްކުރިން ވެސް ޕައިލެޓުންގެ ކަންބޮޑުވުންތައް ހިއްސާކުރިން. އެކަމަކު އެންމެ ފަހުން ވެސް މެނޭޖްމެންޓުން ވިދާޅުވީ މުސާރަ ބޮޑު ކުރެވޭނެ ކަމަށް ފައިނޭންސުން ބުނެފައިވާ ކަމަށް. މީގެ ކުރިން އެކަމަށް މަސައްކަތްކޮށްފައިވާތަނެއް ނުފެނޭ" ޕައިލެޓު ކިޔައިދިނެވެ.
އަނގަ ބަހުން އެއްބަސްވި ނަމަވެސް އެކަމަށް ބަލާނީ މިއަދު ހަވީރާ ހަމައަށް ކަމަށެވެ. އަދި ހަވީރު ހަތަރެއްގެ ކުރިން މުސާރައަށް ބަދަލުގެނައި ކަން ލިޔުމުން އަންގަން ޕައިލެޓުން ވަނީ ޑިމާންޑުކޮށްފައެވެ.
މުސާރައާ ގުޅުން ހުރި ކަންބޮޑުވުންތަކުގެެ ސަބަބުން ޕައިލެޓުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއީި މިއަދު 12:00ގައި ބައްދަލުކޮށްފައެވެ.








Comments