ފައިޒާ ވެކްސިން ރާއްޖެއަށް ލިބޭނެކަމުގެ ޔަޤީންކަން ލިބިއްޖެ
- ޙުސައިން އަޙުމަދު

- Aug 5, 2021
- 1 min read

ޢުމުރުން 12 އަހަރުން މަތީގެ ކުޑަކުދިންނަށް ކޯވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިން ދޭން ފަށަން ނިންމައިިފިއެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ 12 އަހަރުން މަތީގެ ޢުމުރުފުރާގެ ކުދިންނަށް ދޭނީ ފައިޒާ ވެކްސިން ކަމަށާއި، އެ ވެކްސިން ލިބޭނެކަމުގެ ޔަޤީންކަން މިހާރު ލިބިފައިވާ ކަމަށެވެ.
”އިރާދަކުރެއްވިއްޔާ މި މަސްތެރޭ ފައިޒާ ވެކްސިން ޖަހަން ފަށާނަން. ސީދާ ދުވަހެއް އަންނަ ހަފުތާތެރޭ އިއުލާނުކުރާނަން.“ ޑރ.ނަޒްލާ ވިދާޅުވިއެވެ.








Comments