ޕީސީއާރް ޓެސްޓް ނަހަދާ 26 ރަށަކަށް މިހާރު ދަތުރު ކުރެވޭނެ- އެޗްޕީއޭ
- މާހިރު މުޙައްމަދު
- Sep 2, 2021
- 1 min read

ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ކަނޑައަޅާފައިވާ މިންގަނޑަށް ވެކްސިން ފުރިހަމަ ކުރި 28 ރަށަކަށް ޕީސީއާރް ޓެސްޓަކާ ނުލާ ދަތުރު ކުރުމުގެ ހުއްދަ އެޗްޕީއޭއިން ދީފިއެވެ.
ވެކްސިން ޖެހުމުގެ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ރަށްރަތަކަށް ޓެސްޓް ހެދުމަކާ ނުލާ ދަތުރު ކުރެވޭނެ ގޮތަށް އެޗްޕީއޭއިން ވަނީ އުސޫލަށް ބަދަލު ގެނެސްފައެވެ. މި އުސޫލަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެގޮތުން އާބާދީގެ 95 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާ ރައްތަކުގެ ތެރޭގައި މިވަގުތާއި ހަމައަށް 28 ރަށެއް ހިމެނޭ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެރަށްތަކަކީ...
ހއ. އުލިގަމް
ހއ. މުރައިދޫ
ހދ. ހިރިމަރަދޫ
ހދ. ނެއްލައިދޫ
ރ. މަޑުއްވަރީ
ރ. މީދޫ
ރ. އަލިފުށި
ބ. ފެހެންދޫ
ބ. ފުޅަދޫ
ބ. ދޮންފަން
ބ. ކިހާދޫ
ބ. އޭދަފުށި
ބ. މާޅޮސް
ބ. ކަމަދޫ
އއ. މަތިވެރި
އދ. ދިގުރަށް
އދ. ފެންފުށި
އދ. ދިއްދޫ
ވ. ރަކީދޫ
ވ. ފުލިދޫ
ފ. މަގޫދޫ
ފ. ދަރަންބޫދޫ
ފ. ފީއަލި
ލ. ހިތަދޫ
ގއ. ދެއްވަދޫގެ އިތުރުން ގދ. ރަތަފަންދޫއެވެ.
އެޗްޕީއޭއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، އިއްޔެއާ ހަމައަށް ރާއްޖޭގައި 383،620 މީހުން ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، އޭގެ ތެރެއިން 302،182 މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ.








Comments