ޖޫރިމަނާ ކުރުމުގެ ކުރިން ޕާކުކުރާނެ ޖާގަ ފަހިކޮށް ދޭންޖެހޭ– ޑރ. މުއިއްޒު
- Goal mv
- Jul 17, 2021
- 1 min read

ޕާކިންގ އާއި ގުޅިގެން ކުރާ ޖޫރިމަނާ ކުރަން ވާނީ ޕާކި ކުރުމަށް އެކަށީގެންވާ ޖާގަ ތަނަވަސް ކުރުމަށް ފަހު ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގަވާއިދާ ހިލާފަށް ޕާކުކުރާ ނަމަ ލައިސަންސުން ޕޮއިންޓް އުނިކޮށް އަދި ލައިސަންސް ބާތިލް ކުރެވޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ގަވައިދު ހެދުމާއި ގުޅިގެން އެމަނިކުފާނު އެހެން ވިދާޅުވިއެވެ.
ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވަަަނީ، ޕާކިންއާ ގުޅިގެން ޖޫރިމަނާ ކުރެވެން ވާނީ އެކަށީގެންވާ ވަރަށް ޕާކް ކުރާނެ ޖާގަ ފަހިކޮށް ދިނުމަށް ފަހު ކަމަށާާާާއި އެކަން ކުރުމަށް އިދާރާތަކަށް އެކަށީގެންވާ ވަގުތު ވެސް ދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.
ކުރިއަށް އޮތް 5 އަހަރަށް މާލޭ ސިޓީ ކައުންސިލުން އެކުލަވާލާފައިވާ އެކްސަން ޕްލޭންގައި ހާއްސަ އިސްކަމެއް ދީގެން ޕާކިން ބިލްޑިންތަކެއް އެޅުމަށް ހިމަނާފައިވާނެކަން ޑރ. މުއިއްޒު ފާހަގަކުރެއްވިއެވެ. އެ މަސައްކަތް މި އަހަރު ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.








Comments