ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު މަރުވެއްޖެ
- މާހިރު މުޙައްމަދު
- Oct 18, 2021
- 1 min read

އައްޑޫ ސިޓީ ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު މަރުވެއްޖެއެވެ.
މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު ކޮންޓްރޯލް ނުވެ ގޮސް ފާރެއްގައި ޖެހިގެންނެވެ. އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މި އެކްސިޑެންޓް ހިނގިއިރު އެ ސައިކަލުގައި ހުރީ އެ ޒުވާނާ އެކަނި ކަމަށްވެސް މައުލޫމާތު ލިބެއެވެ.
އައްޑޫ ސިޓީ ހިތަދޫގެ ކައުންސިލަރު ހުސެއިން ޒަރީރު ވިދާޅުވީ ހިތަދޫގައި މިރޭ އެކްސިޑެންޓެއް ހިނގައި ޒުވާނަކު މަރުވެފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް އޭނާ ހާމައެއް ނުކުރެއެވެ.








Comments