ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ 2 މީހަކަށް އަނިޔާވެއްޖެ
- މާހިރު މުޙައްމަދު
- Sep 9, 2021
- 1 min read

ސިނަމާލެ ބްރިޖްގެ ހުޅުލޭ ޓްރެފިކް ލައިޓް ކައިރީގައި 2 ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިންގާ 2 މީހަކަށް އަނިޔާވެއްޖެއެވެ.
އެކްސިޑެންޓުގެ ރިޕޯޓް ފުލުހުންްްނަށް ރޭ ދަންވަރު 12:45 ހާއިރު ލިބިފައި ވާކަމަށާއި، އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން 2 މީހުންނަށް އަނިޔާވެ އެކަކަށް ޓްރީޓޮޕް ހޮސްޕިޓަލަށް އަދި އަނެއް މީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވިފައި ވާކަމަށްް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިިިިިިއެވެ.
އެކްސިޑެންޓުގައި އެއް ސައިކަލް ދުއްވި 31 އަހަރުގެ މީހާ އަކީ ސައިކަލް ދުއްވުމުގެ ލައިސެންސް ނެތް މީހެއް ކަމަށާއި، އަނެއް ސައިކަލް ދުއްވި 24 އަހަރުގެ މީހާ އަކީ ސައިކަލް ދުއްވުމުގެ ލައިސެންސް އޮންނަ މީހެއް ކަމްވެސް ފުލުހުން ހަމަކުރެއެވެ.
މިހާތަނަށް ބެލި ބެލުމުން އެކްސިޑެންޓްވެފައި ވަނީ، ޓްރެފިކް ލައިޓް ރަތް ވެފައި ހުއްޓާ އެތަނުން އެއް ސައިކަލެއް ލައިޓަށް މަޑުނުކޮށް ދިއުމުން ހުޅުމާލޭ އިން އެއަރޕޯޓް އަށް ދިޔަ ސައިކަލެއްގައި ޖެހުމުގެ ސަބަބުން ކަމަށެވެ. އަދި މި 2 ސައިކަލުވެސް ފުލުހުން ޓޯ ކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.








Comments