https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ނިޝާގެ ދަރިފުޅުގެ އޮޕަރޭޝަން ކުރުމަށް އާއްމުންގެ ދީލަތި އެހީއަށް އެދިއްޖެ

  • މާހިރު މުޙައްމަދު
  • Sep 30, 2021
  • 0 min read

ކުރީގެ ފިލްމީ ތަރި މަރިޔަމް ނިޝާގެ ދަރިފުޅުގެ ހިތުގެ މުހިއްމު އޮޕަރޭޝަނެއް ހަދަން އާއްމުންގެ އެހީއަށް އެދިއްޖެއެވެ.


ނިޝާގެ އެންމެ ހަގު ދަރިފުޅު ކައިސް ބިން އަޔާޒް އިބްރާހިމްއަކީ ބީޓާ ތެލެސީމިއާ މޭޖާއެކެވެ. އޭގެ އިތުރުން ހިތުގައި ލޯ ވަޅެއް ހިމެނޭ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ނިޝާ ބުނެ އެވެ. އޭނާ ބުނީ ދަރިފުޅުގެ އޮޮޕަރޭޝަން ވީހާވެސް އަވަހަކަށް ކުރަން ޑޮކްޓަރުން ލަފާދީފައިވާ ކަމަށެވެ. ނަމަވެސް ސާޖަރީ ހަދަން ކަނޑައަޅާފައިވާ ހޮސްޕިޓަލް އަކީ އާސަންދަ ހިދުމަތް ލިބޭ ތަނެއް ނޫން ކަމުން އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަނީ އެ ފައިސާ އާންމުންގެ އެހީތެރިކަމުގައި ހޯދާށެވެ.

އާއްމުންގެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ނިޝާގެ ފޭސްބުކްގައި ކުރި އެ ޕޯސްޓު ވަރަށް ގިނަ ބަޔަކު އަންނަނީ ޝެއާ ކުރަމުންނެވެ.


ދަރިފުޅުގެ ބަލި ހާލަތު ފުރަތަމަ ފަހަރަށް ނިޝާ ކިޔައިދިނީ މިދިއަ ރޯދަމަހު ޓީވީއަށް ދިން އިންޓަވިއުއެއްގަ އެވެ. އޭރު ވެސް އޭނާ ދަރިފުޅުގެ ސާޖަރީއަށް ބޭނުންވާ ފައިސާ ހޯދަން ޔޫޓިއުބް ޗެނެލެއް ހިންގަން ފަށާފައިވާ ކަމަށް ބުނެެެެެއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page