ނިމާލް އޭސީސީއަށް ހާޒިރުކުރަނީ
- ޙުސައިން އަޙުމަދު

- Jun 30, 2021
- 1 min read

ޕީއެންސީގެ ނައިބު ރައީސް އަދި ކ.އަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ނިމާލް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އަށް ހާޒިރުކުރަން ނިންމައިފިއެވެ.
ރައީސް ޔާމިން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނެވި ނިމާލް އޭސީސީއަށް ހާޒިރުވާން އަންގާފައިވަނީ މިއަދު 11:30 އަށެވެ. އޭސީސީން ނިމާލަށް ފޮނުވި ޗިޓުގައި ވަނީ، ބ.އޭދަފުށީ އިންޖީނުގެއަށް މުވައްޒަފުން އިތުރުކުރުމަށްޓަކައި އެއްވެސް އިއުލާނެއް ނުކޮށް، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް މުވައްޒަފުން ނަގަމުންދާ މައްސަލައާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމުގެ ގޮތުން ބަޔާނެއް ނަގަން ބޭނުންވާ ކަމަށެވެ. މި ގޮތުން އިިދިކޮޅު ކޯލިޝަނުން ބުނީ އޭސީސީއަށް ހާޒިރުވާން ނިމާލަށް އެންގި އެންގުމަކީ ބިރުދައްކައި ކޯލިޝަނުން ކުރާ މަސައްކަތްތައް ހުއްޓުވަން ކުރާ މަސައްކަތް ކަމަށެވެ.








Comments