https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ނަޝީދުގެ އޯޑަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ފާސްކޮށްފި

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jul 26, 2021
  • 1 min read

ރާއްޖޭގައި ކުއްލި ނުރައްކާ އިއުލާންކޮށް ހަރުކަށި ފިކުރައް ނިސްބަތްވާ މީހުން ހައްޔަރު ކުރުމަށް ސަރުކާރަށް ގޮވާލައި ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅި ޤަރާރު ފާސްކޮށްފިއެވެ.


ރޭ ކުރިއަށް ދިޔަ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދެއްކެވީ ރައީސް ނަޝީދަށް ތާއިދުކުރާ ބޭފުޅުން އެކަންޏެވެ.


އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ދާއިރާތަކުގެ ރައީސުންގެ އިތުުރުން ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ވަޒީރުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުން ވެސް ހިމެނެއެވެ.


ނަމަވެސް ރޭ ބޭއްވި ޤައުމީ މަޖިލީސް ޖަލްސާގައި ރައީސް ޞާލިހަށް ތާއިދުކުރާ އެއްވެސް މަޖިލިސް މެންބަރަކު ބައިވެރިވެފައި ނުވެއެވެ. އޭގެ އިތުރުން ކެބިނެޓުގެ އެއް ވެސް ވަޒީރަކު ވެސް އެ ޖަލްސާގައި ބައިވެރިނުވާކަން ފާހަގަކުރަމެވެ.


މިއީ ފުލުހުންނަށް ޓެރަރިސްޓުން ހައްޔަރުކުރުމުގެ މަސައްކަތްކުރުމަށް ޖާގަ ހޯދުމަށް ހުށަހެޅުއްވި ގަރާރެއް ކަމަށާއި އެ ޖާގަ ލިބުމުން އެ މީހުން ހައްޔަރުކޮށް މާ ހަރުދަނާ މަސައްކަތްތަކެއް ފުލުހުންނަށް ކުރެވޭނެ ކަމަށް އެ ގަރާރު ހުށަހަޅައްވަމުން ރައީސް ނަޝީދު ވިދާޅުވިޅުވެފައިވެއެވެ.


”އަޅުގަނޑަށް ފެންނަ ފެނުމުގައި ފުލުހުންނަށް މިކަން ކުރެވޭނެ. ވެދިޔަތަން އަޅުގަނޑު ދަންނަވާނީ އެ ވެ ދިޔައީ އޭ. ދެން އަޅުގަނޑުމެން ހޯދަން މަސައްކަތް ކުރަން އެންމެ މުހިއްމީ ކުރިައަށް އޮތް ތަނުގައި މިބާވަތުގެ ކަންކަން ވިޔަ ނުދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުން،“ ރައީސް ނަޝީދު ވިދާޅުވިއެވެ.


އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާައަށް ނަޝީދު ހުށަހެޅުއްވި ގަރާރު ފާސްވީ 39 މެމްބަރުންގެ ވޯޓުންނެވެ. ގަރާރެއް ފާސްކުވުމަށް ބޭނުންވާ ކޯރަމަކީ 37 ވޯޓެވެ.


ޓެރަރިސްޓުން ހައްޔަރު ކުރުމަށް ގޮވާލާ ރައީސް ނަޝީދު ގަރާރެއް ހުށަހަޅުއްވާފައި މި ވަނީ އެމަނިކުފާނު އަވަހާރަކޮށްލަން މެއި 6، ގައި ބަޔަކު ދިން ބޮމުގެ ހަމަލާގެ ތަހުގީގާމެދު ހިތްހަމަ ޖެހިވަޑައިނުގަންނަވާ ކަމަށް ވިދާޅުވުމަށް ފަހުގައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page