ނަމަކަށް މާލެ ސަރަހައްދުގައި އޮތް ކާފިއު އުވާލައިފި
- މާހިރު މުޙައްމަދު
- Jul 7, 2021
- 1 min read

ކޯވިޑް 19 ގެ ސަބަބުން ސަރުކާރުން މާލޭގައި ހިންގަމުން އަންނަ ކާފިއު އުވާލަން ނިންމައިފިއެވެ.
ރައީސް އޮފީހުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، މާލެ ސަރަހައްދުގައި ބަލި ފެތުރެމުން އަންނަ މިންވަރު ބޮޑުތަނުން ދަށްވެފައިވާ ކަމަށާއި، އެކަމާއި ގުޅިގެން މިހާރު އިއުލާން ކޮށްފައިވާ ކާފިއު އުވާލަން ނިންމަވާފައި ވާކަމަށެވެ.
މި ގޮތަށް ނިންމީ، އެކި އިދާރާ ތަކާއި އެކު މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށާއި، އަލުން ހުޅުވާލި ނަމަވެސް އެޗްޕީއޭގެ ގައިޑް ލައިން ތަކަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. އަދި ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ ނެގުމަކީ، މުހިއްމު ކަމެއް ކަމަށްވެސް މަބްރޫކް ވަނީ ވިދާޅުވެފައެވެ.








Comments