https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ނައިބު ރައީސްކަމުން ޖަމީލް ވަކިކުރި މައްސަލަ ސްޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ޙުކުމްކޮށްފި

  • މާހިރު މުޙައްމަދު
  • Aug 12, 2021
  • 1 min read

ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ނައިބު ރައީސް ކަމުން ވަކިކުރި މައްސަލަ ފުރަތަމަ މަރުހަލާ ސްޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.


ނައިބު ރައީސްކަމުން ވަކިކުރީ ޤާނޫނު އަސާސީއާއި ޚިލާފަށް ކަމަށާއި، އަސާސީ ޙައްޤުތައް ގެއްލުވާލައިފައިވާ ކަމަށް ވިދާޅުވެ ބަދަލު ހޯދުމަށް ޑރ.ޖަމީލް ސްޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވިއެވެ.


އެ މައްސަލައިގައި ސްޕްރީމް ކޯޓުން މިއަދު ވަނީ ޙުކުމް އިއްވާފައެވެ.


ސްޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ ކޯޓުން ވަނީ އެ މައްސަލަ އެންމެ ފުރަތަމަ ހުށަހަޅަން ޖެހޭނީ ސިވިލް ކޯޓަށް ކަމަށާއި، މައްސަލަ ބެލުމުގެ އިޚްތިޔާރު އެ ކޯޓަށް ލިބިގެންވާ ކަމަށް ބުނެފައެވެ. އަދި އެ މައްސަލަ މައުޟޫއީ ގޮތެއްގައި ސްޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ޙުކުމްކުރިއެވެ.


ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ނައިބުކަމުގެ މަޤާމުން ޑރ.ޖަމީލް ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ގައެވެ.


ޑރ.ޖަމީލް ނައިބުކަމުގެ މަޤާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅީ އޭރުގެ އިދިކޮޅު ފަރާތްތަކާއި ގުޅިގެން އޭނާ މަސައްކަތް ކުރެއްވިކަމުގެ ތުހުމަތުގައެވެ. ޖަމީލް މަޤާމުން ވަކިކުރަން ފެންނަކަމަށް މަޖިލީހުގެ 78 މެންބަރުން ވޯޓު ދެއްވިއެވެ.


 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page