ނަހުލާ ނެގި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައްކަން އަންގައިފި
- މާހިރު މުޙައްމަދު
- Oct 1, 2021
- 0 min read

އަނބުރާ ދައްކާގޮތަށް ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ކުންފުންޏަކުން ނެގި 1.6 މިލިއަން ރުފިޔާ ދައްކަން ނަހުލާއަށް އެ ކުންފުނިން އަންގައިފިއެވެ.
ފައިސާ ދެއްކުމަށް އެކުންފުނިން ނަހުލާއަށް އަންގާފައި ވަނީ މިއަދު އޭނާއަށް ފޮނުވި ސިޓީއެއްގައެވެ. މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ނަހުލާއަށް އަންގާފައިވާ ކަމަށް އެ ކުންފުނީގެ ގާނޫނީ ވަކީލު މުހައްމަދު ހަލީމް ވިދާޅުވިއެވެ.
"ފައިސާ ދެއްކުމަށް ނަހުލާ އަލީއަށް އެ ކުންފުނީގެ ފަރާތުން ވަނީ ނޯޓިސް ފޮނުވާފައި. ނޯޓިސް ފޮނުވި ވަގުތުން ފެށިގެން އެ ފައިސާއާ ގުޅޭ ހުރިހާ ކަމެއް ކުރިއަށްގެންދިޔުމަށް އަޅުގަނޑާ ހަވާލުކުރެވިފައިވާކަން ނަހުލާއަށް ވަނީ އަންގާފައި،" ގާނޫނީ ވަކީލު ހަލީމް ވިދާޅުވިއެވެ. މިކަމާ ގުޅިގެން ނަހުލާގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.








Comments