ނާޒިމް ޕާޓީއެއް ހަދާތީ ޤާސިމް ފޮނުވާލީ އިމޯޖީ އެނގޭތަ؟
- ޙުސައިން އަޙުމަދު

- Jul 12, 2021
- 1 min read

ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ސިޔާސީ ޕާޓީއެއް އުފައްދާތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ޖުމްހޫރީ ޕާޓީގެ ޓެލެގްރާމް ގްރޫޕަށް ހިނިތުންވުމެއް ފެންނަ އިމޯޖީއެއް ފޮނުވައިފިއެވެ.
އަބްދުﷲ ރިޔާޒް ސިޔާސީ ޕާޓީއެއް ހަދަން ޖުމްހޫރީ ޕާޓީން ލިބުނު ޚަބަރާއި ގުޅިގެން މޫސާ އަންވަރު ގްރޫޕަށް ލާފައިވާ ޓްވީޓަކަށް ޤާސިމް ވަނީ ރިޕްލައި ކުރައްވާފައެވެ. "ނާޒިމް އަކީ ވެސް ވަކިކާކު ތޯ؟" ސުވާލުކޮށް ޤާސިމް ވަނީ 3 ލާފް އިމޯޖީ ގްރޫޕަށް ފޮނުވާފައެވެ.

ޖޭޕީ އިން ވަކިވެވަޑައިގަތްކަން ޔަގީންކޮށްދެއްވާ ރިޔާޒް ވިދާޅުވީ އެ ޕާޓީ އިން ވަކިވާން ނިންމެވީ ކުރިޔަށް އޮތް ދުވަސްތަކުގައި ސިޔާސީ ޕާޓީއެއް އުފައްދައިގެން ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ބޭނުން ޖެހިފައިވާތީ ކަމަށެވެ.
ރިޔާޒް ޖޭޕީ އިން ވަކިވެފައި ވާއިރު އޭނާ އަކީ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އިސްވެ އުފައްދަވާ ޕާޓީ އަށް ސޮއިކުރައްވާ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެމްބަރެކެވެ. މީގެ ކުރިން ނާޒިމް ވަނީ އޭނާ ޕާޓީ އެއް އުފައްދަވަނީ އެކުވެރި ބައެއް މަޖިލީހުގެ ބައެއް މެމްބަރުންނާއި އެކު ކަމަށް ވިދާޅުވެފައެވެ.
ނާޒިމް އުފައްދަވާ ޕާޓީ އާއި މަޖިލީހުގެ ބައެއް އަމިއްލަ މެންބަރުން ވެސް ގުޅިވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.
ނާޒިމް ވިދާޅުވީ ދާދި އަވަހަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ޕާޓީ އުފެއްދުމަށް ހުށަހަޅުއްވާނެ ކަމަށެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ޕާޓީއަށް ކިޔާނެ ނަމެއް އަދި ފާސް ނުކުރެއެވެ. އީސީއިން ބަލައިގަންނާނެ ނަމެއް ޔަގީން ކުރުމަށް ފަހު އެ ކަންކަން ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
މީގެ ކުރިން ވެސް ނާޒިމްއާއި ރިޔާޒު ގުޅިގެން ޕާޓީއެއް އުފައްދަން އުޅޭކަމުގެ އަޑުތައް ފެތުރުނު ނަމަވެސް އޭރު އެ ދެބޭފުޅުން ވެސް ވަނީ އެކަން ދޮގުކުރައްވާފައެވެ.








Comments