މުވައްޒަފުން ވަކިކުރީ މަސައްކަތަށް ގާބިލު ނޫންކަމަށް ފެންނާތީ- ފެނަކަ
- މާހިރު މުޙައްމަދު
- Aug 24, 2021
- 1 min read

ސިޔާސީ އެއްވެސް މަގުސަދެއް ހާސިލުކުރުމަށްޓަކައި ފެނަކައިގެ އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކިކޮށްފައި ނުވާނެކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ޔަގީންކަން ދީފިއެވެ.
ފެނަކައިން މިއަދު ބުނީ، ފެނަކައިގެ މަޝްރޫޢެއްގައި 03 މަސްދުވަހުގެ މުއްދަތަކަށް ވަގުތީގޮތުން މަސައްކަތްކުރަމުންދިޔަ 4 މުވައްޒަފަކު ވަކިކުރީ، އެ މުވައްޒަފުންގެ މަސައްކަތުގެ އަޚުލާގާއި، ކުރަން ހަވާލުކުރާ މަސައްކަތަށް ގާބިލު މުވައްޒަފުން ނޫންކަމަށް ފެންނާތީ ކަމަށެވެ. ހަމައެހެންމެ ބައެއް މީޑިއާތަކުން ކަމުގެ ހަގީގަތް އޮޅުވައިލުމަށް ދޮގު ޚަބަރު ޝާއިއުކުރުމަކީ ކަންބޮޑުވާ ކަމެއްކަމަށް ވެސް ފެނަކައިން ބުންޏެވެ. މީގެ އިތުރުން ފެނަކައިން ވަނީ، ސިޔާސީ އެއްވެސް މަގުސަދެއް ހާސިލުކުރުމަށްޓަކައި ފެނަކައިގެ އެއްވެސް މުވައްޒަފެއް އެއްވެސް އިރަކު ވަޒީފާއިން ވަކިކޮށްފައި ނުވާނެކަމުގެ ޔަގީންކަން ވެސް ދީފައެވެ.








Comments