ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އެމްއޭސީއެލް އިން އިއުލާންކޮށްފި
- މާހިރު މުޙައްމަދު
- Jun 28, 2021
- 1 min read

ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް ގިނަ އަދަދެއްގެ ދިވެހި މުވައްޒަފުން ހޯދަން އިއުލާންކޮށްފިއެވެ.
އެމްއޭސީއެލް އިން މުވައްޒަފުން ހޯދަން އިއުލާންކޮށްފައި ވަނީ..
އެސިސްޓެންޓް އޮފިސަރ، ލައުންޖްއަށް 7 މުވައްޒަފުން.
އައުސްކީޕާރ، ލައުންޖްއަށް 4 މުވައްޒަފުން.
މީގެ އިތުރުން 2 ޑުރައިވަރު ހޯދަން ވެސް ވަނީ އިއުލާންކޮށްފައެވެ.
މި މަޤާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޖުލައި މަހުގެ 4 ވަނަ ދުވަހުގެ 15:00ގެ ކުރިން ވަޒީފާއަށް އެޕްލައިކުރުމަށް އެމްއޭސީއެލް އިން އެދެއެވެ.
މި ވަޒީފާތަކާއި ބޭހޭ އިތުރު މަޢުލޫމާތު ރަސްމީގަޑީގައި3325511 ފޯނަށް ގުޅުމުން ލިބޭނެއެވެ.
މި މަހުގެ ތެރޭގައި ވެސް އެމްއޭސީއެލްގެ އިސް މަޤާމުތަކަށް ދިވެހިން ހޯދަން ވަނީ އިއުލާންކޮށްފައެވެ.








Comments