މުދަލަށް ގެއްލުން ދިނުމާއި، ވައްކަމުގެ މައްސަލައެއްގެ ތަޙްޤީޤަށް ހާޒިރުވާން އަންގައިފި
- Goal mv
- Jul 6, 2021
- 1 min read

މުދަލަށް ގެއްލުން ދިނުމާއި، ވައްކަމުގެ މައްސަލައެއްގެ ތަޙްޤީޤަށް މީހަކު ހާޒިރު ކުރުމަށް ބޭނުންވެ, އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަޙްޤީޤަށް ހާޒިރުކުރެވިފައި ނުވާތީ، ތަޙްޤީޤަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފިއެވެ.
ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަޙްޤީޤަށް ހާޒިރުވުމަށް އެންގީ ކ.ގުރައިދޫ، ރެއިންސް ޢުމުރުން 30 އަހަރުގެ މުޙައްމަދު ޝިހާބު އިބްރާހީމަށެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި، ޝިހާބު ހާޒިރު ކުރަނީ ޖޫން 12 ވަނަ ދުވަހު 01:32 ހާއިރު ފަރީދީމަގުގައި ހުންނަ ސްޓެލްކޯ ސަބް ސްޓޭޝަނަށް ގެއްލުންދީ، ކަރަންޓު ނަރުތަކެއް ވަގަށް ނަގާފައިވާ މައްސަލައާއި ގުޅިގެން ސުވާލު ކުރުމަށް ކަމަށެވެ.
އެހެންކަމުން މި މަހުގެ 14 ވަނަ ދުވަހުގެ 10:00 އަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވާން އަންގާ ކަމަށެވެ.








Comments