އެމްޕީއެލްގެ ޕައިލެޓް ބޯޓު 2 ފަޅައިގެން ހިނގައްޖެ
- މާހިރު މުޙައްމަދު
- Oct 16, 2021
- 1 min read

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޕައިލެޓް ބޯޓު 2 ފަޅައިގެން ގޮސްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓު ފަޅައިގެން ގޮސްފައިވަނީ ދޫނިދޫއާ ހިސާބުންނެވެ. އޭރު ބޯޓު ދަތުރުކުރަމުންދިޔައީ ޕައިލެޓް ގޮވައިގެންނެވެ.
ބޯޓު ފަޅައިގެން ދިއުމާއެކު ބޯޓު ވަނީ މަޑުމަޑުން ދުއްވާފައި އައިސް 1 ނަންބަރު ފާލަމާ ދިމާ ފަޅު ތެރެއަށް ވަނީ ވަދެފައެވެ. އަދި މިހާރު އެ ސަރަޙައްދުގައި އެމްއެންޑީއެފުން ޙަރަކާތްތެރިވަމުންދާކަމުގެ މައުލޫމާތު ލިބެއެވެ. އެކަމާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ އެމްޕީއެލްގެ ޕައިލެޓް ބޯޓުގެ ހަލް ފަޅައިގެންގޮސް ދިޔަވާތީ ޕަންޕު ޖަހައިގެން ދިޔަހިއްކުމަށް ޑައިވަރުންނާއެކު ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަން އަދި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާ ކަމަށެވެ.
މި ދުވަސްވަރު މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.








Comments