މަނީ ހައިސްޓް ސީޒަން 5ގެ ޓްރެއިލަރ އިން ބެލުންތެރިން ސިއްސުވާލައިފި
- މާހިރު މުޙައްމަދު
- Aug 21, 2021
- 1 min read

ދުނިޔޭގެ ގިނަ ބައެއްގެ މަޤުބޫލުކަން އަދި ހަމަ އެހެންމެ ރާއްޖޭގެ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ސްޕެނިޝް ސީރީޒްގެ އެންމެ ފަހު ސީޒަންގެ އެޕިސޯޑްތައް ގެނެސްދޭން ބާކީ މިއޮތީ އެންމެ 14 ދުވަހެވެ.
ސީރީޒް ނިމެން ބާކީ އޮތީ 10 އެޕިސޯޑެވެ. ސީޒަން 05 2 ބަޔަކަށް ބަހާލައިގެން ގެނެސްދޭން ހަމަޖެހިފައިވާ އިރު ފުރަތަމަ ވޮލިއުމް ރިލީޒްކުރަން ހަމަޖެހިފައި ވަނީ މިފެށޭ ސެޕްޓެންބަރު މަހުގެ 03 ވަނަ ދުވަހެވެ. 2 ވަނަ ވޮލިއުމް ރިލީޒްކުރަން ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ 03 ވަނަ ދުވަހެވެ.
ސީރީޒްގެ މިހާ ހިސާބަށް އައި އިރު 01 ހައިސްޓް ނިންމާ މިހާރު މަސައްކަތް ކުރަމުން ދަނީ 2 ވަނަ ހައިސްޓްގެ ނިންމުމާ ހިސާބުގައެވެ. ވަރަށް ކާމިޔާބު ކަމާއެކު ފުރަތަމަ ހައިސްޓް ނިންމާލީ ފުރަތަމަ 02 ސީޒަންގައެވެ. ފުރަތަމަ ހައިސްޓް ކާމިޔާބު ވީނަމަވެސް 2 ވަނަ ހައިސްޓްގައި ކުރިމަތިވަމުން ދަނީ ބޮޑެތި ގޮންޖެހުންތަކާއެވެ. ބެލުންތެރިންގެ ހިތުގައި މިހާރު އެތައް ސުވާލުތަކެއް އުފެދިފައި ހުންނާނެކަން ކަށަވަރެވެ.
އެގޮތުން މިމަހު ބެލުންތެރިންނަށް ދައްކާލި މަނީ ހައިސްޓް ސީޒަން 05 ގެ އޮފިޝަލް ޓްރެއިލަރގައި ބެލުންތެރިން ސިއްސާލި މަންޒަރެއް ފެނިގެންދިޔައެވެ.
ޕޮލިސް ޓީމުގެ ތެރެއިން ފެނުނު މޫނެއް ޕްރޮފެސަރާ ވައްތަރު ވުމުންނެވެ. އެއީ ޕްރޮފެސަރު ކަމާމެދު ޝައްކު އުފެދޭނެކަން ޔަޤީނެވެ. މިއީ ވެސް މިފަހަރުގެ ޕްލޭންގެ ބައެއްބާއެވެ.
މިފަހަރުގެ ސީޒަންގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ ނިމިދިޔަ ސީޒަން ތަކުގައި މަރުވި ބާލިން ގެ ކެރެކްޓަރ ކުޅުނު ’ޕެޑްރޯ އަލޮންސޯ‘ އާއި ނައިރޯބީގެ ކެރެކްޓަރ ކުޅުނު ’އަލްބާ ފްލޯރެސް‘ ފެނިގެންދިއުމެވެ.
ނެޓްފްލިކްސް މެދުވެރިކޮށް ގެނެސްދެމުން އަންނަ މަނީ ހައިސްޓް ސީރީޒްގެ 04 ސީޒަނެއް މިހާތަނަށް ގެނެސްދީފައިވާ އިރު ޖުމްލަ 31 އެޕިސޯޑެއް އޭގެތެރޭގައި ހިމެނެއެވެ.








Comments