https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އެމްޖޭއޭގެ ރައީސްކަމުގެ މަޤާމުން ހަމްދޫން އިސްތިއުފާ ދެއްވައިފި

  • މާހިރު މުޙައްމަދު
  • Oct 9, 2021
  • 1 min read

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ރައީސްކަމުގެ މަޤާމުން މުޙައްމަދު ހަމްދޫން އިސްތިއުފާ ދެއްވައިފިއެވެ.


އެމްޖޭއޭގެ ރައީސްކަމުގެ މަޤާމުން އިސްތިއުފާދެއްވިކަން ބަޔާންކޮށް ހަމްދޫން މިއަދު ފޮނުއްވި ސިޓީގައިވަނީ، އޭނާ އަދާކުރައްވަމުން ގެންދަވާ ފުލްޓައިމް ވަޒީފާއާއި، ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން އެމްޖޭއޭގެ ރައީސްކަމުގެ މަސްއޫލިއްޔަތު އަދާކުރައްވަން އެކަށީގެންވާ ވަގުތު ހޭދަކުރެއްވެން ނެތްކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ހަމްދޫންވަނީ ވޭތުވެދިޔަ މުއްދަތުގައި އެމްޖޭއޭގެ މެންބަރުން އޭނާއަށް ދެއްވި އެއްބާރުލުން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ. ނޫސްވެރިކަމުގެ ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދޭން މަސައްކަތް ކުރަމުން އަންނަ އެމްޖޭއޭގެ ރައީސްކަމަށް ހަމްދޫން އިންތިޚާބުކުރީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު 5 ގައެވެ. މީގެކުރިން ހަވީރު ނޫހާއި، މިހާރު ނޫހުގައި މަސައްކަތް ކުރެއްވި ހަމްދޫނަކީ މިހާރު ޢަދަދު ނޫހުގެ މެނޭޖިން އެޑިޓަރެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page