https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މިނިވަންދުވަސް އައިއިރު، މި ތިބީ ބިރުވެރިކަމެއްގައި- ޝަރީފް

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jul 26, 2021
  • 1 min read

ދިވެހި ރައްޔިތުން މިނިވަންދުވަހާއި ކުރިމަތިލީ އިރު ތިބީ ބިރުވެރިކަމެއްގައި ކަމަށް، ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. ފުލުހުންނާއި، ޕްރޮސެކިއުޓާރ ޖެނެރަލްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކަށް ޢިޝާރަތްކުރައްވަމުން ޝަރީފް ވިދާޅުވީ އެ ވާހަކަތަކާއި ގުޅިގެން އުފެދިފައިވާ ބިރުވެރިކަން ވަކިން ބޮޑު ކަމަށެވެ. ”މިނިވަން ދުވަސް އައި އިރު، މިތިބީ ބިރުވެރިކަމެއްގައި، ޕޮލިސް އެންޑް ޕީޖީ ޕްރެސްގައި ދެއްކި ވާހަކަތަކާއި ގުޅިގެން އުފެދުނު ބިރުވެރިކަން ވަކިން ބޮޑު.“ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގެ މަޢުލޫމާތުތައް ހިއްސާކުރެއްވުމަށް، މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ފުލުހުންނާއި ޕީޖީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ޢިޝާރަތްކުރައްވަމުން ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުން ޝަރީފް ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓައި މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ސަރުކާރުން ނުދޭތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page