https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މިނިސްޓަރު ފައްޔާޟް ރައީސްކަމަށް ވާދަކުރައްވަނީ

  • މާހިރު މުޙައްމަދު
  • Aug 24, 2021
  • 1 min read

އިކޮނޮމިކް މިނިސްޓަރު އަލްއުސްތާޒު ފައްޔާޟް އިސްމާޢީލް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ލ.ގަމު ދާއިރާގެ ރައީސްކަމަށް ވާދަކުރައްވަން ނިންމަވައިފިއެވެ.


ގަމު ދާއިރާގެ ރައީސްކަމަށް ވާދަކުރައްވަން ނިންމެވިކަން ހާމަކުރައްވައި، މިނިސްޓަރު ފައްޔާޟް މިއަދު ވަނީ ކެމްޕެއިން ފަށްޓަވާފައެވެ.


އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބު ބާއްވަން މީގެ ކުރިން ހަމަޖައްސާފައި އޮތީ މެއިމަހުގެ 29 އަށެވެ. ނަމަވެސް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާަރަކޮށްލަން ދިން ބޮމުގެ ހަމަލާއާއި ގުޅިގެން އިންތިޚާބު ވަނީ އަންނަ ސެޕްޓެމްބަރުމަހުގައި ބާއްވާގޮތަށް ފަސްކޮށްފައެވެ. ރައީސް ޞާލިޙް ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ ފައްޔާޟްއަކީ މި ސަރުކާރުގެ އެންމެ ނުފޫޒުގަދަ މިނިސްޓަރުކަން ފާހަގަކޮށްލެވެއެވެ. ފައްޔާޟް މަޤާމުން ދުރުކުރުމަށް ރައީސް ނަޝީދު އަރުވާ ޖައްސަވައިފައި ބުރަ މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ. އެ ގޮތުން ފައްޔާޟްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ވެސް އުޅުއްވިއެވެ. ނަމަވެސް ރައީސް ޞާލިޙް ވަނީ ފައްޔާޟަށް އިތުބާރު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page