މިއީ ރައީސް ޔާމީންއާއި އެކު ކޯލިޝަން ހެދުމަށް އެންމެ ރަނގަޅު ވަގުތު– ނަޝީދު
- ޙުސައިން އަޙުމަދު

- Jul 15, 2021
- 1 min read

ދިވެހި ރާއްޖެއަށާއި، އެމްޑީޕީއަށް މިވަގުތު އެންމެ ފައިދާ ކުރާނީ، ރާއްޖޭގެ ކުރީގެ ރައީސް ޔާމީން އާއި އެކު ގުޅިގެން މަސައްކަތް ކުރުމަށް ކޯލިޝަން ހެދުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، ޕީޕީއެމް އާއިއެކުގައި މަސައްކަތް ކުރުމަށް ބޭނުންވާކަން ހާމަކުރުމާއި ގުޅިގެން، ދެ ޕާޓީގެ މެމްބަރުންނަށް އޮޅުންތަކެއް އަރާތީ އެކަން ސާފުކޮށްދޭން ބޭނުންވާކަމަށް ބުނެ އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕަށް ފޮނުވި މެސެޖެއްގައެވެ.
އެމެސެޖުގައި ރައީސް ނަޝީދު ވިދާޅުވީ، އިދިކޮޅު ޕީޕީއެމްއިން އިސްލާހު ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށާއި، އެފަދަ ކަންކަން އިސްލާހު ކުރެވޭނެ ކަމަށެވެ. ޕީޕީއެމްއަށް ގެންނަންޖެހޭ ބަދަލުތަކަކީ ”އިންޑިއާ އައުޓް“ ގެ ފަލްސަފާއާއި ދުރު، އަދި ނަފްރަތުގެ އަމަލުތައް ހިންގުން ކުށަކަށް ހެދުމަށް ހުށަހަޅާފައިވާ ބިލަށް ތާއިދު ކުރެވޭ، އަދި މިއުޒިކަށް ވެސް އެއްބަސް ވެވޭ ބަދަލުތަކަކަށް ވުން ކަމަށެެެެވެ.
މި އަސާސްތަކާއި އެކި ސަރުކާރު ހިންގުމަށް ޕީޕީއެމް އާއި އެއްބަސްވެވޭ އެމްޑީޕީ، ޕީޕީއެމް އިއްތިހާދެއް އުފެއްދުމަށް ރައީސް ޔާމީންގެ އެހީތެރިކަމަށް އެދުން އެއީ ރާއްޖެއާއި އަދި އެ ޕާޓީއަށް ވެސް މިވަގުތު އެންމެ ރަނގަޅު ގޮތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.








Comments