މިއީ މޯލްޑިވިއަންގެ ވީ.އާރު.އޭ ފުޅާކުރަންޖެހޭ ވަގުތު- ފިރާޤް
- ޙުސައިން އަޙުމަދު

- Aug 2, 2021
- 1 min read

މިއީ ރާއްޖޭގެ ޤައުމީ އެއާރލައިން މޯލްޑިވިއަންގެ ވީ.އާރު.އޭ ފުޅާކުރަންޖެހޭ ވަގުތު ކަމަށް އޭސް އޭވިއޭޝަން ސާރވިސްގެ މެނޭޖިން ޑިރެކްޓާރ މުޙައްމަދު ފިރާޤް ވިދާޅުވެއްޖެއެވެ.
ފިރާޤް ވިދާޅުވީ ދުނިޔޭގެ މަދު ޤައުމުތަކަކަށް ރާއްޖެއަށް ލިބިފައިވާ ފުރުސަތު އޮތީ ކަމަށާއި މި ޤައުމު އުފެދިފައިވާ ގޮތުން މިފަދަ ހާލަތެއްގައި ފައިދާވާނެ ވަގުތެއް ކަމަށެވެ.
މި ވަގުތު ވެސް ދުނިޔޭގެ ހާއްސަކޮށް އީސްޓަން ޔޫރަޕްގެ ޓުއަރ އޮޕަރޭޓަރުން އަދި ރާއްޖޭގެ ޓުއަރ އޮޕަރޭޓަރުންނާއި ގުޅިގެން ރާއްޖެއަށް ދަތުރުފަށަން ޖެހޭކަމަށާއި ހިތްވަރު ހުރި ބަޔަކާއެކު އެކަން ކުރެވެން ޖެހޭ ކަމަށް ފިރާޤް ފާހަގަކުރިއެވެ.
ހަމައެކަނި ބަންގްލަދޭޝް އަދި އިންޑިޔާ ދަތުރު ކުރުމަކުން ނުފުދޭ ކަމަށެވެ. އިންޓަރލައިން އެގްރިމެންޓުތައް ހެދެންޖެހޭ ކަމަށާއި ކަނެކްޝަން ޑޮމެސްޓިކް އެއާރޕޯޓްތަކަށް ދެވެންޖެހޭ ކަމަށް ވެސް ފިރާޤް ވިދާޅުވިއެވެ.
މީގެ އިތުރުން ފިރާޤް ވިދާޅުވީ ޤައުމީ އެއާރލައިން މޯލްޑިވިއަންއަށް ވުރެން ފަހި ފުރުސަތު އޮތް ބަޔަކު ނެތްކަމަށާއި ޓުއަރ އޮޕަރޭޓަސްއަށް ޓޯޓަލް ސޮލިއުޝަން ދީ ދުރު ރިސޯޓުތަކަށް ފަތުރުވެރިން ފަސޭހަކަމާއި ޔަގީންކަމާއެކު ދެވޭނެ ނަމަ ވިޔަފާރި ފުޅާވެ ދަތުރުފަތުރުގެ އަގު ކުޑަކުރެވޭނެ ކަމަށެވެ.
ފަތުރުވެރިކަމަށް 50 އަހަރު ފާހަގަ ކުރަން ތައްޔާރުވާ އިރު މިކަމަށް ވިސްނާ އަމިއްލަ ފައިމައްޗަށް ތެދުވާން ވީސްނަން ވާނެކަމަށާއި މިފަދަ ވާހަކަތަށް ދެއްކެނީ ހިތުގައި ޖެހޭވަރުން ކަމަށް ފިރާޤް ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓުގައިވެއެވެ.
ފިރާޤަކީ އޭވިއޭޝަން ދާއިރާގައި އެތަކެއް އަހަރުދުވަހެއްގެ ތަޖުރިބާ ހުރި އަދި މިދާއިރާގައި މިހާރު ވެސް މަސައްކަތް ކުރައްވަމުންދާ ބޭފުޅެއްކަން މި ފުރުސަތުގައި ފާހަގަކުރަމެވެ.








Comments